ކައިވެނިކޮށް ޒަވާޖީ ޙަޔާތެއްގައި ދިރިއުޅޭ ފިރިހެނަކު (މީހެއްގެ ފިރިއަކު) ދެކެ ލޯބިވުމާއި އޭނާ ދެއްވެވުން އެދި ދުޢާކުރުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން އޮތް ގޮތް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ފުރަތަމަ މައްސަލަ: ލޯބިވެގެން އުޅުން:
އިސްލާމްދީނުގައި ކޮންމެ ކަމެއްވެސް މަނާ ކުރައްވާފައިވަނީވަރަށްވެސް މަތިވެރި ޙިކްމަތްތަކަކަށްޓަކައެވެ. މީސްތަކުންނަށް އެމީހުންގެދީނާއި ތަޤްވާ ރައްކާތެރިކޮށްދިނުމަށްޓަކައެވެ. އަދި އެބައިމީހުންގެހިތްތައް ޝަހްވަތުގެ ނުބައި ނަޖިސްތަކުން ޠާހިރުކޮށްދިނުމަށްޓަކައެވެ.ނުބައިކަމަކަށް މަގު ދައްކާފާނެ ކޮންމެ ކަމަކުން ދުރުހެލިވުމަށްއަޅުގަނޑުމެންގެ އިސްލާމްދީން ވަނީ އަންގަވާފައެވެ.
އިސްލާމީ ފިޤްހުގެޤާއިދާއެއް ކަމުގައިވާ "سدالذرائع" އަކީމިކަމުގެ އަލިގަދަ ހެއްކެކެވެ. ކާފިރުން އަޅުކަންކުރަން ގެންގުޅޭބުދުތަކަށް ބަދުބަސް ނުބުނުމަށް ކިރިތި ޤްރުއާނުގައި އަންގަވާފައި ވެއެވެ. ސަބަބަކީ އަޅުގަނޑުމެން، ކާފިރުން އަޅުކަންކުރަން ގެންގުޅޭ އެއްޗިއްސަށް، ބަދުބަސް ބުނެފިނަމަ، އެމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބަދުބަސް ބުނަންފަށާފާނެތީއެވެ. މިކަން އަންގަވާ ވަޙީކުރައްވާފައި ވެއެވެ.
( وَلَاتَسُبُّواالَّذِينَيَدْعُونَمِنْدُوْنِاللهفَيَسُبُّوااللهعَدُواًبِغَيْرِعِلْمٍ )الأنعام / 108 “
"ﷲފިޔަވައި އެބައިމީހުން އަޅުކަން ކުރާ ތަކެއްޗަށް ތިޔަބައިމީހުންއެއްޗެހި ގޮވައި ނަހަދާށެވެ. އޭރުން އެބައިމީހުންނަށް ނޭގިތިބެޢަދާވާތްތެރިކަމުގެ ގޮތުން ﷲ އަށް އެއްޗެހި ގޮވއި ފާނެއެވެ."
މިއާޔަތުންދޭހަވަނީ ނުބައިކަމަކަށް މަގުފަހިވެދާނެ ކޮންމެ ކަމަކުން އަޅުގަނޑުމެންދުރުހެލިވާން ޖެހޭނެ ކަމެވެ. މިގޮތުން ހިލޭ އަންހެނުންނާއި ފިރިހެނުންއެކަހެރިވުން އަދި އަންހެނުންނާއި ފިރިހެނުން ވާހަކަ ދައްކާ އުޅުންއިސްލާމް ދީނުގައި މަނާކުރައްވާފައި ވަނީ އޭގެ ސަބަބުން ނިކުމެދާނެނުބަޔަކުން އިންސާނިއްޔަތު ސަލާމަތްކޮށްދެއްވުމަށްޓަކައެވެ. އިންސާނީމުޖުތަމަޢުގައި އެންމެ ފުރަތަމަ އުފެދުނު ފިތުނައަކީވެސް އަންހެނުންގެފިތުނައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވެއެވެ.
(مَاتَرَكْتُعَلَىأُمَّتِيأَشَدفِتْنَةعَلَىالرِّجَالِمِنَالنِّسَاءِ)
މާނައަކީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ ފިރިހެނުންގެ މައްޗަށްއަންހެނުންނަށް ވުރެ ވަރުގަދަ ފިތުނައެއް ދުލެއް ނުކުރައްވަމެވެ.” ވީމާ،މިކަމާ މެދުގައި އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާދޫކޮށްލައިފިނަމަ، އަޅުގަނޑުމެންގެ ނަސްލު ހަލާކުވެގެން ދިޔުމަކީގާތުގައިވާ ކަމެކެވެ.
އެހެންކަމުން މީހަކާ އިނދެގެން ނުވަތަ ނިއިނދެ އުޅޭއަންހެނެއް ކަމުގައިވިޔަސް އަދި ފިރިހެނެއް ކަމުގައިވިޔަސް، ހިލޭމީހުނާރަޙްމަތްތެރިކަމުގެ ގޮތުންވާހަކަދައްކައިހަދައިގެންނުވާނެއެވެ.
ދެވަނަ މައްސަލަ: އެހެން އަންހެނެއްގެ ފިރިއަކާ ކައިވެނި ކުރުން
ފިރިހެނަކަށްހަތަރު އަނބިން އެއްފަހަރާ ގެންގުޅުމަކީ އިސްލާމްދީނުގައި ހުއްދަދެއްވާފައިވާ ކަމެކެވެ. މިކަމަށް އިންކާރު ކުރެވޭނެ އެއްވެސް ޖާގައެއްނެތެވެ. ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެމާނާގައިވެއެވެ. "ޔަތީމުންނާއި މެދު ޢަދުލުވެރި ނުވެވޭނެކަމަށްތިޔަބައިމީހުންނަށް ބިރުގެންފިނަމަ އަންހެނުންގެ ތެރެއިން ތިޔަބައިމީހުންހިތްހަމަޖެހޭ ބަޔަކާ ކާވެނިވެ އިންނާށެވެ. ދޭކެވެ. އަދި ތިނެކެވެ. އަދިހަތަރެކެވެ. ދެންފަހެ ތިޔަބައިމީހުންނަށް ޢަދްލުވެރި ނުވެވޭނެކަމަށް ހީވެތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ. ނުވަތަ ތިޔަބައިމީހުންނަށްމިލްކުވެގެންވާ ބައެކެވެ. އެގޮތް ތިޔަބައި މީހުން ޙައްގުމަގުން އެއްކިބާނުވުމަށާއި، އަނިޔާވެރި ނުވުމަށް ގާތްކަން ބޮޑެވެ". (ސޫރަތުއް ނިސާގެ 3ވަނަ އާޔަތް).
މިއާޔަތުން ވަރަށް ސާފުކޮށް ދޭހާވަނީ ފިރިހެނަކަށްއެއްފަހަރާ ހަތަރު މީހުންނާ އިނުމަކީ އިސްލާމް ދީން ހުއްދަ ދެއްވާފައިވާކަމެއް ކަމެވެ. މިކަމާއި މެދު ގައި މުޅި އުއްމަތް އިޖްމާޢު އެވެ. އެއްވެސްޢިލްމުވެރިޔަކު މިކަމާއި މެދުގައި ޚިލާފުވެލައްވާފައެއް ނުވެއެވެ. އެކަކަށްވުރެ ގިނަމީހުންނާ އެއްފަހަރާ ކައިވެނި ކުރުމުގައި ޝަރްޠު ތަކެއްވެއެވެ. އެއީ: 1.އަނބީންގެ މެދުގައި ޢަދްލުވެރިވުން. މާތް ﷲ ގެ ވަޙީބަސްފުޅުގެމާނާގައިވެއެވެ. " ދެންފަހެ ތިޔަބައިމީހުންނަށް ޢަދްލުވެރި ނުވެވޭނެކަމަށްހީވެ ތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ". އެހެންކަމުން އެކަކަށްވުރެގިނަ މީހުންނާއި އެއްފަހަރާ އިނދެގެން އުޅޭ އިރުގައި އަނބީން ގެ މެދުގައިޢަދުލުވެރި ނުވެވޭނެ ކަމަށް ހީވެއްޖެނަމަ އިތުރު ކައިވެންޔެއް ކުރުމަކީއެމީހެއްގެ ޙައްގުގައި މަނާކަމެކެވެ. ޢަދުލުވެރިވުމޭ ބުނެވުނުބަހުގެ މަގްޞަދަކީ ޚަރަދު ދިނުމުގައްޔާއި، އަންނައުނު ދިނުމުގައި، އަދިރޭކުރުމުގައި ހުރިހާ އަނބީންގެ މެދުގައި އިންޞާފުވެރިކޮށް، ހަމަހަމަކޮށްކަންތައް ކުރުމެވެ. ހިތުގެ ލޯބީގެ ވާހަކަ އެއް ނޫނެވެ. އެއީ އެއްވެސްއިންސާނަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫނެވެ. ކީރިތި ގުރްއާނުގެނިސާ ސޫރަތުގެ 129 ވަނަ އާޔަތުގައި އެވާ "ތިޔަބައިމީހުން އެކަމުގެ މައްޗަށްދަހިވެތިވެ ރައްކައުތެރިވިނަމަވެސް، އަނބިންގެ މެދުގައިޢަދުލުވެރިވުމަކަށް ކުޅަދާނަވެގެންނެއް ނުވެއެވެ" އޮތް ބަހުގެ މުރާދަކީހިތުގެ ލޯބީގެ ވާހަކައެވެ.
2.އަނބީންނަށް ޚަރަދު ކުރުމުގެކުޅަދާނަކަން ތިމާގެ ކިބާގައި ހުރުން. މިކަމުގެ ދަލީލަކީ ކީރިތި ގުރްއާނުގެނޫރު ސޫރަތުގެ 33 ވަނަ އާޔަތެވެ. އާޔަތުގެ މާނައަކީ: "ކާވެނިވުމުގެ މަގެއް(ޚަރަދުބަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން) ނުފެންނަ މީހުން،ޢިއްފަތްތެރިވެގެން ހުންނަހުށިކަމެވެ. (ޢިއްފަތްތެރިވުމަކީ، ދީނީ އަދިއަޚްލާގީ ހަމަތަކުން މަނާވެފައިވާ ކަންތައްތައް ނުކޮށް ހުރުމެވެ). މާތް ﷲއެކަލާންގެ ދީލަތިވަންތަކަމުގެ ތެރެއިން އެބައިމީހުން މުއްސަނދިކުރައްވައި، އެކަންފުއްދަވައި ދެއްވައިފުމަށް ދާންދެނެވެ". ކާވެނި ކުރުމަށްކުޅަދާނަކަން ލިބިގެން ނުވުމޭ ބުނެވުނު ބަހުގެ މުރާދަކީ އަނބިމީހާ އަށްޚަރަދު ކުރުމާއި ކައިވެނީގެ ރަންދިނުން ފަދަ ކަންތަކަށްނުކުޅެދުންތެރިވުމެވެ. އެހެންކަމުން މިފަދަ މީހުން ކައިވެނި ކުރުމުގެބަދަލުގައި ރޯދަ ހިފުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމައުއްމަތަށް އިރްޝާދު ދެއްވާފައިވެއެވެ. އެކަކަށްވުރެ ގިނަ މީހުންނާއި ކައިވެނި ކުރުމަށް ހުއްދަދެއްވުމުގެ ޙިކްމަތްތައް: 1.ގިނަމީހުންނާ ކާވެނި ކުރުމަކީ އުއްމަތުގެ ޢަދަދު ގިނަވުމަށްމަގުފަހިކޮށްދޭ ކަމަކަށް ވުން. އެކަކާއި އިނދެގެން ލިބޭދަރިންނަށް ވުރެގިނަ ދަރިން ގިނަ މީހުންނާއި އިނުމުން ލިބޭނެކަން. ބުއްދިވެރިއެންމެންނަށްވެސް އެގޭނެފަދައިން އުއްމަތުގެ ކާމިޔާބީ ބިނާވެގެންވަނީއުއްމަތުގެ ބޯގިނަވުމުގެ މައްޗަށެވެ. އަދި އިގްތިޞާދު ވަރުގަދަވާނީވެސްމަސައްކަތްކުރާމީހުން އިތުރުވުމުން ކަމަށް ވާތީއެވެ. ބައެއް މީހުންނަށްހީވެފައި އޮންނަގޮތުން ދަރިންގިނައިން ލިބުމުން ބިމުގެ ތާށިކަންއިތުރުވެގެންދެއެވެ. އެހެންނަމަވެސް ޙަގީގަތަކީ އެޔެއް ނޫނެވެ. ﷲސުބްޙާނަހޫ ވަތަޢާލާ ކޮންމެ ދަރިފުޅަކާއި އެކުވެސް އެކުއްޖެއްގެ ރިޒްގުތަނަވަސްކޮށްދެއްވައެވެ. އިންސާނުންނަށް އޮތީ އެރިޒްގު ހޯދުމަށް މަސައްކަތްކުރުމެވެ. އަތްއުރާލައިގެން ތިބުމަކުން ރިޒްގެއް ނާންނާނެއެވެ. މިކަމުގެއަލިގަދަ ހެއްކަކީ ޗައިނާއެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީޗައިނާއެވެ. މިއަދު ދުނިޔޭގެ އެންމެ އުފެއްދުންތެރިކަން ބޮޑު، އެންމެބާރުގަދަ އެއްގައުމަކީ ޗައިނާއެވެ. އެހެންކަމުން ދުނިޔޭގެ ބާރުތަކުންޗައިނާ އާއި ކުޅެލުމަށް ޖެހިލުންވެއެވެ.
2.ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފިރިހެނުނަށްވުރެ އަންހެނުންގެ އާބާދީބޮޑެވެ. ކޮންމެ ފިރިހެނަކުވެސް އެންމެ އަންހެނަކާއި ކައިވެނި ކޮށްލައިގެންފުއްދާލައިފިނަމަ، މުޖްތަމަޢުގައި ފިރިޔަކު ނެތި އެތައް އަންހެނުންނެއްތިބޭނެއެވެ. އެކަބަލުންގެ ޢިއްފަތްތެރިކަން ސަލާމަތްކޮށްދޭނެފިރިހެނަކުނުވެ، މަގުމަތީގައި ބިޗާރީވެގެން އުޅެން ޖިހިދާނެއެވެ. މީގެސަބަބުން އެކަބަލުންގެ އެތައް ޙައްގުތަކެއް ގެއްލި، މުޖްތަމަޢުފާސިދުވެގެން ހިނގައިދާނެއެވެ. ރސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެޙަދީޘެއްގެ މާނާގައިވެއެވެ."ތިޔަބައިމީހުންގެ އަމިއްލަ ނަފްސަށް ކުރާ ލޯބިއެނެއް އަޚާ އާއި މެދުވެސް ކުރުމަށް ދާންދެން ފުރިހަމަ އަށް އީމާންވިކަމުގައި ނުވާނެއެވެ."
3.ފިރިހެނުންނަކީ ޙާދިޘާ ތަކާއިކުރިމަތިވުން ގާތްމީހުންނެވެ. ދިރިއުޅުމަށް ބުރަމަސައްކަތްކޮށް،ހަނގުރާމާއިގެ މައިދާނުގައި ބައިވެރިވާން ޖެހެނީވެސް ފިރިހެނުންނަށެވެ. މިހެން އުޅުމުގެ ތެރޭގައި ފުރާނަގެއްލިއްޖެނަމަ، އަނބިމީހާ ހުވަފެންވެ،ދަރިންކޮޅު ޔަތީމުވެ ކަންތައްތަކެއް މެދުވެރިވާނެއެވެ. މިފަދަ ކަންތަކުގައިއޮތް ޙައްލަކީ ފިރިހެނުން އިތުރު ކައިވެންޔެއް ކުރުމެވެ.
4.ފިރހެނުންގެ ތެރޭގައި ޝަހުވަތްތެރިކަން ވަރުގަދަ މީހުން ހިމެނޭކަން. އެފަދަމީހުންނަށް އެންމެ އަންބަކު ނުފުދޭކަން. މިފަދަ މީހެއްގެ ގާތުގައި އިތުރުކައިވެންޔެއް ކުރުމުގެ ދޮރުވަނީ ބަންދުކުރެވިފަޔޭ، އިތުރުމީހަކާ ނީދެވޭނެޔޭބުނެފިނަމަ، އޭނާގެ ޙަޔާތުގައި ބޮޑު މުޞީބާތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ޙަރާމް ކުރެއްވި ޒިނޭ އަށް އަރައިގަތުމަށް މަގުފަހިވެގެންދާ ކަމަކަށްވެއެވެ. ވުމާއިއެކު، މިފަދަ ކަންތަކުން ސަލާމަތްވުމަށްޓަކައި، ފިރިހެނުންއިތުރު މީހުންނާއި ކައިވެނި ކުރުން ހުއްދަވެގެންވެއެވެ. މީގެ އިތުރުންއަންހެނުން ޙައިޟު ވެއްޖެނަމަ، ނުވަތަ ވިހައިފިނަމަ، ލޭ ކެނޑެންދެން ޖިމާޢުނުވެ ހުންނަންޖެހެއެވެ. މިދުވަސްވަރުގައި ޖިމާޢުވުމަކީ ޙަރާމްކަމަކަށްވީތީވެއެވެ. އަދި ޞިއްޙީ ގޮތުންވެސް ގެއްލުންހުރިކަމަކަށްވީތީވެއެވެ. މިދުވަސްވަރުގައި ފިރިމީހާގެ އެދުން ފުއްދުމަށް އިރުތުއަންބަކު ބޭނުންވެއެވެ.
5.އިތުރުމީހުންނާއި އިނުމަކީ އިސްލާމްދީން އައުމުގެ ކުރިން އެހެން އުއްމަތްތަކުގައި ވެސް އޮތް ކަމެކެވެ. ބައެއްނަބީބޭކަލުން ވެސް އެކަކަށް ވުރެ ގިނަ މީހުންނާއި ކައިވެނިބައްލަވައިގެންފައިވެއެވެ. ސުލައިމާނު-ޢަލައިހިއްސަލާމް- ގެ ނުވަދިހައަނބިކަބަލުން ތިއްބަވައެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެޒަމާނުގައި ބައެއް ޞަޙާބީން އިސްލާމްވެ ވަޑައިގެންނެވި އިރުގައި އަށްއަނބިން، އަނެއްބައިބޭކަލުންގެ ފަސް އަނބިން ތިއްބެވިކަމަށްވެއެވެ. އެހިނދުހަތަރު އަނބިން އިޚްތިޔާރު ކުރުމަށްފަހުގައި އެހެން އަނބިން ވަރިކުރުމުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-އަމުރުފުޅުކުރެއްވިއެވެ.
6. ފަހަރުގައި އަނބިމީހާއަކީ ދަރިން ނުލިބޭމީހަކަށް ވުން އެކަށީގެންވެ އެވެ. ނޫންނަމަ، ޖިންސީގޮތުން ބަލިކަށި، ނުވަތަބައްޔެއް ހުރުމުގެ ސަބަބުން ފިރިމީހާ ބޭނުންވަރަށް އެދުންފުއްދައިދޭންޢުޛުރުވެރި އަންހެނަކަށް ވެދާނެއެވެ. ފިރިމީހާ ދަރިންބޭނުންވެއެވެ. އަދިޙަލާލު ގޮތުގައި އޭނާގެ އެދުން ފުއްދުމަށް ވެސް ބޭނުންވެއެވެ. މިކަމުގައިއޭނާއަށް އޮތް ހަމަ އެކަނި މަގަކީ އިތުރު ކައިވެންޔެއް ކުރުމެވެ. އަނބިމީހާއަށް ވެސް ފައިދާ ބޮޑު ގޮތަކީ ވަރިނުވެ އަންބެއްގެ ގޮތުގައިހުރެ، ފިރިމީހާއިތުރު މީހަކާ ކައިވެނި ކުރުމަށް ހުއްދަ ދިނުމެވެ.
7.ފަހަރުގައިދެއަންބަށް އިންނަން ބޭނުންވާ އަންހެންމީހާ އަކީ ފިރިމީހާގެ ގާތްތިމާގެމީހަކު ކަމުގައި ވެދާނެއެވެ. އެއަންހެންމީހާ އަށް ޚަރަދު ކުރާނެ މީހަކުނެތެވެ. ނޫންނަމަ އެއަންހެން މީހާ އަކީ ފިރިމަރުވެފައިވާ މީހެކެވެ. އެހެންކަމުން މިފަދަ މީހުންނަށް ހެޔޮކޮށް ހިތުމުގެ ގޮތުން އަންބެއްގެމަގާމު ދެވެނީއެވެ. މިޙާލަތުގައި އޭނާއަށް ޚަރަދުދެވި، އަދި އޭނާގެޢިއްފަތްތެރިކަންވެސް ސަލާމަތް ކޮށް ދެވެނީއެވެ. އޭނާ އަށް ޚަރަދު ދީފައިދޫކޮށްލުމަށްވުރެ މިގޮތް މާ އައުލާ ކަން ބޮޑެވެ. 8.ދެޢާއިލާއިތުރަށް ގުޅުވާލުން. އިތުރުމީހަކާއި ކައިވެނި ކުރުމުން، އިތުރު ޢާއިލާއަކާއި ގުޅެވެނީ އެވެ. މިވެސް މުޖްތަމަޢު ގެ ހަމަޖެހުން އިތުރުވުމަށްއެޅިގެންދާނެ އިތުރުބާރަކަށްވާނެއެވެ. ފަހަރުގައި ބައެއް މީހުންމިކަމަށް އިޢުތިރާޟު ކޮށް ބުނެފާނެއެވެ. ގިނަމީހުންނާއި އިނުމަކީ އަނބީންގެމެދުގައި މައްސަލަގަނޑެއް އުފެއްދުމެވެ، އަދި އޭގެ ސަބަބުން ދެއަނބިންގެމެދުގައި ޢަދާވާތްތެރިކަން އުފެދި ދަރިންނަށް އޭގެ ނޭދެވޭ އަޘަރުކުރުވާނެކަމެކެވެ. އެހެންކަމުން މިފަދަ ކަންތައްތައް މަނާ ކުރެވޭނީއިތުރުމީހުންނާއި އިނުން މަނާ ކުރެވިގެންނެވެ. މި އިޢުތިރާޟު ގެޖަވާބުގައި ބުނަން އޮތީ: އެންމެ އަންބެއް ހުރި ނަމަވެސް ޢާއިލާތެރޭގައިމައްސަލަ ޖެހިދާނެއެވެ. އެއީ ހަމައެކަނި އިތުރު އަނބިން ތިބުމުގެ ސަބަބުންވާ ކަމެއް ނޫނެވެ. އިތުރު އަންބަކު ހުރުމުން ހަމަނުޖެހުން ބޮޑުވާނެކަމަށްހީކުރެވެނީނަމަ ދަންނަން ޖެހޭ ޙަގީގަތަކީ ދުނިޔޭގެ ދިރިއުޅުމުގައި ހިތްއެދޭކަންތަކާއި، ހިތްނޭދޭ ކަންތައްވެސް މެދުވެރިވާނެއެވެ. އެހެންނަމަވެސް،މިހުރިހާ ކަމެއް ތަޙައްމަލުކޮށް، ރިވެތި ގޮތުގައި އުޅެވޭތޯ ގަދައަޅާމަސައްކަތް ކުރުމަކީ ލާޒިމް ވެގެންވާ ކަމެކެވެ. އަދި ދެގެއްލުން ލިބެންއޮތްނަމަ ކުޑަގެއްލުމުގައި ހިފާ، ބޮޑު ގެއްލުން ނެތިކޮށްލަންޖެހެއެވެ. ފިރިމީހާ ޙަރާމް ޒިނޭ ކުރުން އިތުރުމީހަކާ އިނދެގެން އުފެދޭ މައްސަލައަށްވުރެ ބޮޑެވެ. އެހެން އިޢުތިރާޟެއްވެސް އަތުވެދާނެއެވެ. އެއީ: ފިރިހެނުންނަށް އެއް އަންބަށްވުރެ ގިނައިން ހުއްދަވާއިރުގައި، އަންހެނުނަށްއެއްފަހަރާ ދެފިރިހެނުންނާއި އިނުން ހުއްދަ ނުވަނީ ކީއްވެ ހެއްޔެވެ؟ މީގެޖަވާބުގައި ބުނަންއޮތީ: އަންހުނުން އެއްފަހަރާ އެކަކަށް ވުރެ ގިނަމީހުންނާކާވެނި ކުރުމަށް ހުއްދަ ދިނުމަކީ އެކަބަލުންގެ ގަދަރާއި ޢިއްޒަތަށް ކުރެވޭބޭއިންޞާފެއް ކަމަށެވެ. އަދި އެކަމަނާ ގެ ދަރިފަސްކޮޅުގެ ނަސަބު އޮޅިގެންހިނގައިދާ ފަދަ ކަމެކެވެ. އެތަށްފިރިހެނުންނެއް އޭނާ އާއި ޖިމާޢުވާ ކަމަށްވަނީ ނަމަ އޭނާގެ ރަޙިމުގައިވާ ދަރިފުޅަކީ ކާކުގެ ދަރިއެއް ކަމެއްނޭގޭނެއެވެ. އެހެންކަމުން ޢާއިލާ ފުނޑުފުނޑުވެ ހަލާކުވެގެންހިނގައިދާނެއެވެ. އަދި ދަރިފުޅާއި ބައްޕަ އާއި އޮންނަންވީ ގުޅުންގެއްލިގެން ހިނގައިދާނެއެވެ. މިކަމަކީ އަންހެން މީހާގެ މަޞްލަޙަތެއް،ދަރިފުޅުގެ މަޞްލަޙަތެއް، އަދި މުޖްތަމަޢު ގެ މަޞްލަޙަތެއް އެކުލެވިގެންވާކަމެއް ނޫނެވެ. މިހުރިހާ ސަބަބު ތަކަކަށް ޓަކައި އިސްލާމް ދީނުގައި މިކަންވަނީ މަނާ ކުރައްވާފައެވެ.
ތިންވަނަ މައްސަލަ: މީހަކާ އިނދެގެން ހުރި ފިރިހެނަކު ތިމާގެ އަންބެއްގެ ގޮތުގައި ލެއްވުން އެދި ދުޢާ ކުރުން:
މިއީ މައްސަލަ އެއް ހުރި ކަމެއް ނޫނެވެ. އެފިރިހެނާ އަކީ އެއްއަންބަށްވުރެ ގިނަ އަނބިން ގެންގުޅުމުގެ ކުޅަދާނަކަން ހުރި ދީންވެރި މީހެއްނަމަ، އެމީހަކީ ތިމާގެ ފިރިމީހާ ކަމުގައި ލެއްވުން އެދި ދުޢާ ކުރެވިދާނެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ކައިވެނިކޮށް ޒަވާޖީ ޙަޔާތެއްގައި ދިރިއުޅޭ ފިރިހެނަކު ދެކެ ލޯބިވުމާ އޭނާ ދެއްވެވުން އެދި ދުޢާކުރުމާއިބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ