ބޭފެންސީ ރެސިޑެންސްގެ ތަޖުރިބާ ބިލްޑް އެކްސްޕޯއިން

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ބޭފެންސީ ރެސިޑެންސުން ކުރިއަށް އޮތް ބިލްޑް އެކްސްޕޯގެ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެ، އެ އެޕާޓްމަންޓުތަކުގެ ހިތްގައިމުކަން ބަލާލަން ދައުވަތު ދީފި އެވެ.
ވީ ކިހިނެއް؟ - މި ފެއާ އޮންނާނީ މި މަހު 24 އިން 27އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
މި ފެއާ ކުރިއަށްދާނީ ދެ ސެޝަނަކަށެވެ. އެގޮތުން:
މެންދުރުފަހު ސެޝަން އޮންނާނީ ހަވީރު 6 އިން 6އަށް 
ރޭގަނޑުގެ ސެޝަން އޮންނާނީ 8 އިން 10އަށް
ބުނީ ކީކޭ؟ - ބޭފެންސީ ރެސިޑެންސުން ބުނި ގޮތުގައި، މި ފެއާގައި އެ ފަރާތުން ބޭނުންކުރާ އިމާރާތްކުރުމުގެ ތަކެއްޗާއި އެހެނިހެން ތަކެތި ވެސް ދައްކާލާނެ އެވެ.
މީގެ އިތުރުން، ބޭފެންސީ ރެސިޑެންސް ތަރައްގީކުރާ ތަން ދައްކާލުން ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ބޭފެންސީ ރެސިޑެންސްގެ ޑިޒައިން ފިލޯސަފީ އާއި އިމާރާތްކުރުމުގައި ބޭނުންކުރާ އުކުޅުތައް ވެސް ދައްކާލާނެ އެވެ.
ބޭފެންސީ ރެސިޑެންސުން ވަނީ އާއިލާ އާއި ރައްޓެހިންނާ އެކު މި ފެއާއަށް ޒިޔާރަތްކުރުމަށް އެންމެންނަށް ދައުވަތު ދީފަ އެވެ.
ބޭފެންސީ ރެސިޑެންސްގެ އެޕާޓްމަންޓްތަކާއި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ އިތުރު މައުލޫމާތު ބަލާލުމަށް:
ބޭފެންސީގެ ވެބްސައިޓު
ލޭންޑްލައިން - 4001188
ވަޓްސްއެޕް އާއި ވައިބާ - 9499918
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ