އެންމެ 'ފިޓު' ސިފައިންގެ މީހުންނަށް ކުލަ ދޭން ފަށައިފި

އެންމެ ފިޓް ސިފައިންގެ މީހުން ހޮވައި 'ހަށިހެޔޮކަމުގެ ކުލަ'އިގެ ނަމުގައި އާ ޝަރަފްގެ ނިޝާނެއް ތައާރަފްކޮށްފި އެވެ.
ވީ ކިިހިނެއް؟ - ސިފައިންނަށް ދޭ މި ޝަރަފްގެ ނިޝާން ތައާރަފްކޮށްދެއްވީ، ރޭ ބޭއްވި ސިފައިންގެ 133 ވަނަ އަހަރީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - އެމްއެންޑީއެފުން ބުނި ގޮތުގައި، މިއީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދޭ ޝަރަފުގެ ނިޝާނެކެވެ.
އޭގެ އިތުރުން:
ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ހިތްވަރު ދިނުމަށް ދޭ ނިޝާނެއް
އެކަމަށް މަސައްކަތް ކުރާ ސިފައިންގެ ހިތްވަރު ފާހަގަ ކުރުން ވެސް މަގްސަދުގެ ތެރޭގައި ހިމެނޭ
ކުލަ ދޭން ނިންމެވީ، ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް
ރޭގެ ޖަލްސާގައި ވަނީ މިދިޔަ އަހަރު ސިފައިންގެ ތެރޭގައި ހުރި އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންގެ މީހާ ހޮވާފަ އެވެ. އެގޮތުން:
އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހަކީ ކުއާޓާ މާސްޓާ ސާވިސްގެ ކޯޕްރަލް އައިޝަތު ނާޒްނީޒް
އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހަކީ މެރިން ޑިޕްލޯއިމެންޓް ޔުނިޓް 3ގެ ސްޓާފް ސާޖަންޓް ހުސެން ފަޒީލް ހާރޫން
މީގެ އިތުރުން، މިދިޔަ އަަހަރުގެ އެންމެ ފިޓު ޔުނިޓުގެ ގޮތުގައި ސްޕެޝަލް ފޯސަސް ވަނީ ހޮވާފަ އެވެ. އަދި ރައީސްގެ އެވޯޑު 49 މީހަކަށް ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ