މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އިސްކަންދޭގޮތަށް ބޯހިވާހިކަމުގެ ބިލެއް ހުށަހަޅައިފި
މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅެން އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް އިސްކަންދޭންޖެހޭ ގޮތަށް ބޯހިޔާވަހިކަމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. މި ބިލުގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހަމަޖައްސައިދިނުމަށް އިސްކަންދީގެން، އެ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާނެ އުސޫލުތައް ކަނޑައަޅަން ޖެހެއެވެ. އެ ބިލުގައިވާ ގޮތުން ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ދިރިއުޅޭނެ ތަނެއް ދޫކުރުމުގައި ތިން ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެއީ: ރާއްޖޭގައި ދިރިއުޅޭ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތެއް ކަމުގައިވުން މާލީ ތަނަވަސްކަންކަން ކުޑަ ފަރާތެއް ކަމުގައިވުން މި ބިލުގައިވަނީ ވަކި ފަރާތެއްގެ މާލީ ތަނަވަސްކަން ވަޒަންކުރުމުގައި ބަލަންޖެހޭ ހަ ކަމެއް ހިމަނައިފައެވެ. އެއީ: އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރަ ސޭވިންގްސް އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީ އުފުލޭ މުދާ ނުވަތަ ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އެނުއިޓީއާއި ޕެންޝަން އަދި ރިޓަޔަމަންޓު ބެނެފިޓް އެ ނޫން ވެސް ގޮތަކުން ލިބޭ އާމްދަނީ މި ގޮތުން، މާލީ ތަނަވަސްކަން މިންކުރާނީ ފެނާއި ކަރަންޓާއި އިންޓަނެޓުގެ އިތުރުން ގޭހުގެ ޚަރަދާއި، ކުލީގެ ޚަރަދު އަދި ކެއިންބުއިން ހިމެނޭހެން އަސާސީ ބޭނުންތަކަށް ހިނގާ ޚަރަދަށް ރިއާޔަތްކޮށެވެ. މީގެ ތެރެއިން އިސްކަންދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކާއި، ޑިޕެންޑެންޓެއް ބަލަމުންދާ ފަރާތްތަކުގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކެވެ. މި ބިލުގެ ދަށުން، މީހެއްގެ ތަނަވަސްކަން ހިސާބުކުރާނެ މިންގަނޑު ބަޔާންކޮށް، ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ގަވާއިދެއް ހަދަން ޖެހެއެވެ. އަދި ތަކެތީގެ އަގަށް ބަލައި، ކޮންމެ ތިން އަހަރަކުން އެއްފަހަރު އެ މިންގަނޑު މުރާޖައާކޮށް، އެއަށް ބަދަލު ގެނައުމުގެ ބާރު ހައުސިން މިނިސްޓަރަށް ލިބިގެންވެއެވެ. މި ބިލުގެ ދަށުން ހައުސިން މިނިސްޓަރަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓަޖީއެއް އެކުލަވާލައި، ބިލުގައި ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލް ކުރެވޭތޯ ބެލުން ހިމެނެއެވެ. މި ބިލަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދައި، އެ އާންމު ވެސް ކުރަން ޖެހެއެވެ. އަދި ކޮންމެ 10 އަހަރަކުން އެއްފަހަރު އެ ސާވޭ ހަދައި އާންމުކުރަން އެ ބިލުގައި ބަޔާންކޮށްފައިވެއެވެ. ސާވޭ އާންމުކުރާތާ ތިން މަސްދުވަހުގެ ތެރޭ، އޭގައި ބަޔާންކުރާ ކަންކަމާ ގުޅޭ ޕްލޭނެއް ހަދައި، އެ ކަންކަން ތަންފީޒު ވެސް ކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ