ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކައްޕި އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކައްޕި އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ތަފާތު ލީޑަޝިޕެއް ދެއްކި، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ވެސް ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) އަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.
އިއްޔެ މެންދުރު ސްޓްރޯކެއް ޖެހިގެން ކައްޕި އައިޖީއެމްއެޗް އަށް ގެންގޮސް މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.
"އަދަދު ސްޕޯޓްސް" އަށް ކައްޕިއާ ގާތް މީހަކު މައުލޫމާތު ދިން ގޮތުގައި، ކައްޕިގެ ސިކުނޑީގެ ތިން ނާރެއް ބްލޮކްވެފައިވާއިރު، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ސިކުނޑީގެ ސާޖަރީއެއް ހަދަން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބް ވިކްޓަރީގެ ރަތް ޖޯޒީގައި، 1992 އިން ފެށިގެން 10 އަހަރު ދުވަހު ކުޅެދިން ކައްޕި އަކީ ފުޓްބޯޅައިގެ ހިދުމަތްތެރިއެއް ވެސް މެ އެވެ. ކެޕްޓަނެއްގެ ޒިންމާ ތަފާތުކޮށް ދައްކާތީވެ، "ކައްޕި"ގެ ނަމުން މުހާތަބުކުރާ، ކައްޕި ވަނީ ވިކްޓަރީއާ އެކު، ގައުމީ މުބާރާތް ފަސް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، އަދި ކަޕްވިނާސް ކަޕް ވެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. ވިކްޓަރީން ދެ ވަނަ ފަހަރު ގައުމީ މުބާރާތް މިލްކުކުރިއިރު، ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ހުރީ ކައްޕި އެވެ.
ކެރިއަރުގެ ފަހު އަހަރު، ވިކްޓަރީގެ އެންމެ ބޮޑު ވާދަވެރި ކްލަބް، ނިއު ރޭޑިއަންޓަށް ކުޅުނު ކައްޕި ވަނީ އެ ކްލަބާ އެކު ވެސް ކާމިޔާބު ހޯދައިފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގައި ކައްޕިގެ ކާމިޔާބީ ބޮޑެވެ. އެ ގޮތުން 1999 ގެ ސާފް ޗެމްޕިއަންޝިޕުގެ ތިން ވަނަ ރާއްޖޭން ހޯދިއިރު ޓީމުގެ ކެޕްޓަނަކީ ކައްޕި އެވެ. އަދި، 2000 ވަނަ އަހަރު މާލޭގައި ކުރިއަށްދިޔަ ގޯލްޑަން ޖޫބިލީ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ރާއްޖޭން ހާސިލްކުރިއިރު، ކެޕްޓަނަކީ ވެސް ކައްޕި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ