ބޭންކް އޮފް މޯލްޑިވްސް އިން ދ. ކުޑަހުވަދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައި، އައު ބްރާންޗުގެ ބިންގާ މިއަދު އަޅައިފި އެވެ.
ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އައު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ޙަބީބް އަދި ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވަޒީރުންނާއި ކުޑަހުވަދޫ ރައްޔިތުން ބައިވެރިވި އެވެ.
ކުޑަހުވަދޫގައި އަލަށް ގާއިމުކުރި އޭޓީއެމް އިން ކަސްޓަމަރުންނަށް އިތުރު ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނެ އެވެ.
މީގެއިތުރުން އަލަށް ގާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ގިނަ ބޭންކިން މުއާމަލާތްތައް ކުރެވޭނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް ވިދާޅުވީ ކުޑަހުވަދޫގައި އެ ބޭންކުގެ ހިދުމަތް ފުޅާކުރެވުމަކީ ރައްޔިތުންނާ ވިހާ ވެސް ގާތުން ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"އައު ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހުރިހާ ބޭންކިންގ ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ހިދުމަތާއި އާ ބްރާޗުގެ ބިންގާ އެޅުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓާ، 153 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލްއިން ކުޑަހުވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައި, އައު ބްރާންޗުގެ ބިންގާ އަޅައިފި ބީއެމްއެލްއިން ކުޑަހުވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައި, އައު ބްރާންޗުގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ