އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ ގުޅިގެން 30،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ގެންދިޔަ ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މާޗް މަހުގެ 12 އިން 14 އަށް ޔޫތު ތާޑް ސްޕޭސް ގައި ކުރިއަށް ގެންދިޔަ މި ފެސްޓިވަލުގައި އީއޭއެފްސީ އާއި ޕަބްޖީ މޮބައިލް އަދި ޓެކެންގެ ޓައިޓަލްތަކަށް ގޭމަރުން ވަނީ ވާދަކޮށްފައެވެ.
މިއީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކުރަން ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފެސްޓިވަލެކެވެ.
ފެސްޓިވަލްގެ ފައިނަލް މިރޭ ބާއްވާފައިވާއިރު، މި ފެސްޓިވަލްގެ ފައިނަލްގައި ކުޅުނު ތިން ގޭމަކީ ޕަބްޖީ އާއި، ޓެކަން އަދި އީއޭ އެފްސީއެވެ.
އުރީދޫ ނޭޝަން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލްގެ ޕަބްޖީ މޯބައިލް ގޭމްގެ ބައިން އެއްވަނަ ހޯދީ އެލްއެފް ސްކައިފޯސްއެވެ. ދެވަނަ ހޯދީ އެސްޑީއެމްޒެޑްއެވެ. ތިންވަނަ ހޯދީ ސިންޑިކޭޓް ޓީމުންނެވެ.
ޓެކަންގެ އެއްވަނަ ތަބިޝް ހޯދިއިރު ދެވަނަ ހޯދީ ޔޫހުއެވެ. މި ގޭމްގެ ތިންވަނަ ހޯދީ އަޝްވާންއެވެ. އަދި އީއޭ އެފްސީ ގޭމުން އެއްވަނަ ހޯދީ ނައްސާމް އާއި ޔުމާންއެވެ. ދެވަނަ ހޯދީ އިނާން އާއި ޖަނާން އެވެ. ތިންވަނަ ހޯދީ ޒަޔާން އާއި އަލްޔާންއެވެ.
ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ ޔޫތު މިނިސްޓަރ އިބްރާހީމް ވަހީދެވެ.
އުރީދޫގެ ފައިދާއިން ހިއްސާއަކަށް 3.43ރ ބަހަން ފާސްކޮށްފި އުރީދޫގެ އާންމު ޖަލްސާ އަންނަމަހު 9 ގައި ބާއްވަނީ 240،000 ރުފިޔާގެ ޕްރައިޒް ޕޫލްއަކާއެކު އުރީދޫގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ބާއްވަނީ އުރީދޫ ސައިކަލު ޕްރޮމޯގެ އެންމެ އަގުހުރި އިނާމު އައްޑޫ ސިޓީ މީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ