ހައި ކޯޓުން ބަލައިނުގަންނަ މައްސަލަ ސުޕްރީމް ކޯޓުން ބަލާ އިޖްރައާތަށް ބަދަލު ގެނެސްފި

ހައި ކޯޓުން ބަލައިނުގަންނަ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ އިޖްރައާތަށް އެ ކޯޓުން ބަދަލު ގެނެސްފިއެވެ.
ހައި ކޯޓަށް އިސްތިއުނާފް ކުރަން ހުށަހަޅާ މައްސަލަތައް އެ ކޯޓުން ބަލައިނުގަތުމަށް ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މީގެކުރިން ގޮތެއް ނިންމަނީ އިޖްރާއީ އަޑުއެހުމެއް ބޭއްވުުމަށް ފަހު އެވެ. އެކަމަކު އިއްޔެއިން ފެށިގެން ސުޕްރީމް ކޯޓުން ގެނައި ބަދަލަކީ ކޮންމެހެން އިޖްރާއީ އަޑުއެހުމެއް ބާއްވަން ނުޖެހޭ މައްސަލަތަކުގައި އަޑުއެހުން ބޭއްވުމަކާ ނުލައި އެ މައްސަލައާ މެދު ގޮތެެއް ނިންމުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ