މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރުން ކްލިއާކުރި މުދަލާއި ބަނދަރަށް ގާތްކުރި ބޯޓުފަހަރުގެ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްޕީއެލް އިން ވަނީ ވަނީ ޖުމުލަ 3441 ޓީއީޔޫ (ޓްވެންޓީ ފޫޓް އިކުއިވެލެންޓް ޔުނިޓް) ގެ ކޮންޓެއިނަރު ލޯޑުކޮށް އަދި އަންލޯޑުކޮށްފައެވެ. އެގޮތުން 1423 ޓީއީޔޫގެ ކޮންޓެއިނަރު އަންލޯޑުކޮށްފައިވާއިރު، 2018 ޓީއީޔޫގެ ކޮންޓެއިނަރު ވަނީ ލޯޑުކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް ކާގޯ 8 ބޯޓެއް ގާތްކޮށް އެ ބޯޓުފަހަރަށް ހިދުމަތް ދީފައިވާއިރު، 4 ކޮންޓެއިނާ ވެސެލް ވެސް ވަނީ އައިސްފައެވެ.
އާންމު ދިރިއުޅުމަށް އެންމެ ބޮޑަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ (ޕެރިޝަބަލްސް) ގޮތުގައި ގިނަ އަދަދެއްގެ ކާބޯތަކެތި ވަނީ ކްލިއަރކޮށްފައެވެ. އޭގެ ތެރޭގައި ބިސް، ފިޔާ، ކަރާ، ޓޮމާޓޯ، އަލުވި، ދޮންކެޔޮ އަދި ކެބެޖު ފަދަ ބާވަތްތައް ހިމެނެއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖުމުލަ 63،563 ޕެކޭޖުގެ ޕެރިޝަބަލް ކާބޯތަކެތި މި މުއްދަތުގެ ތެރޭގައި ވަނީ ކްލިއާކޮށްފައެވެ.
އެމްޕީއެލް އިން ފާއިތުވި ހަފްތާގައި 3441 ޓީއީޔޫގެ މުދާ ކްލިއާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ