ލޯންޗްގައި ގޮއްވާލީ ބޮމެއް ނޫނެކޭ އެފްބީއައި ނުބުނޭ: އުމަރު

"ފިނިފެންމާ" ގައި ދިން ހަމަލައިގެ ތަހުގީގަށް ފަހު އެފްބީއައިގެ ރިޕޯޓް ސަރުކާރަށް މިއަދު ލިބިފައިވާ ކަމަށާއި އެފްބީއައި އާއި ހަވާލާދީ ފަތުރާ ހަބަރުގައި ލޯންޗުގައި ގޮއްވާލީ "ބޮމެއް ނޫނޭ" ބުނާ ކަމަށް ވާނަމަ އެއީ މުޅީން ހަގީގަތެއް ނޫން ކަމަށް ހޯމް މިިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްްޓަރު ވިދާޅުވީ ވޯލް ސްޓްރީޓް ޖާނަލްގައި ހަބަރު ލިޔެފައި ވަނީ ވެސް މުޅީން ރަނގަޅަށް ނޫން ކަމަށާއި އެފްބީއައިގެ ރިޕޯޓްގައި އޮތީ އެމީހުން ބެލިބެލުމުން ޔަގީން ކަމާއެކު އެއީ ހަރުކޮށްފައި އިން ބޮމެކޭ ބުނެވޭ ވަރު ނުވާ ކަމަށް ކަމަށެވެ
"އެއީ ބޮމެއް ނޫނެކޭ އެއް އެފްބީއައިއަކުން ނުބުނޭ. ޔަގީން ކަމާއެކު އެއީ ބޮމެކޭ ބުނާވަރަށް ތިމަންނަމެނަކަށް ހެއްކެތް ނުލިބުނޭ ތިމަންނާމެނެކަށް. އެކަމަކު އެއީ ބޮމެއް ނޫނެކޭ ވެސް އެމީހުންނެއް ނުބުނޭ މިއީ މިބާވަތުގެ ރިޕޯޓްތަކުގައި ބުނާގޮތް އެއްވެސް އެއްޗެއް ރޫލް އައުޓެއް ނުކުރާނެ އެއްވެސް އެއްޗެއް ޔަގީން ކަމާއެކު ކޮންކުލޫސިވް އަކަށް ވެސް ނުދާނެ،"
އުމަރު ވިދާޅުވީ ގޮވާ އެއްޗެހީގެ އެއްވެސް މާއްދާއެއް ފެނޭތޯ އެފްބީއައިއިން ގެންދިޔައީ 10 ސާމްޕަލް ކަމަށާއި ސައުދީން ހަ ސާމްޕަލް ގެންދިޔަ އިރު ސައުދީ ޓީމަށް އާރްޑީއެސް ފެނުނު ކަމަށެވެ. ނަމަވެސް އެފްބީއައި މީހުން ގެންދިޔަ ސާމްޕަލްތަކުން އެމީހުންނަށްނަށް އެފަދަ މާއްދާއެއް ނުފެނުނު ކަމަށާއި އެއްޗެއް ނުފެނުމުގެ މާނައަކީ އެކްޕްލޯސިވް ނެތުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ލެބޯޓަރީ ޓެސްޓެއްގައި އެކްސްޕްލޯސިވް އެކްސްޕާޓުން އިއްތިފާގުވާ ކަމެއް އޮންނަ ކަމަށާއި އެއީ ގޮއްވާލާފައި އޮންނަ ސީން އޮފް ކްރައިމްއަކުން އެކްސްޕްލޯސިވްގެ އެއްވެސް މާއްދާއެއް ލެބޯޓަރީ ޓެސްޓަކުން ނުދެއްކުމަކީ އެކްސްޕްލޯސިވް ބޭނުންކޮށްފައި ނެތުން ނޫން ކަމަށެވެ. އަދިއެންމެ ކައިރި ގޮތަކީ ހައި އެކްސްޕްލޯސިވް ބޭނުންކޮށްފައި ހުރުން ކަމަށް ބެލުން ކަމަށެވެ.
"ހައި އެކްސްޕްލޯސިވްއަކީ ވަރަށް ބާރަށް އަނދައިގެންދާ އެއްޗަކަށްވާތީ އެމާއްދާ ފެންނަން ނެތީ. އެހެންވީމަ އެފްބީއައި ޓެސްޓުން އެމީހުންނަށް ނުފެނުނީ ހައިއެކްސްޕްލޯސިވް ގޮވިލެއް ބާރުކަމުން ހައި އެކްސްޕްލޯސިވްގެ އެއްވެސް މާއްދާއެއް، ސައުދީ މީހުންގެ ގެންދިޔަ ހަ ސާމްޕަލްގެ ތެރެއިން އެންމެ ސާމްޕަލްއަކުން އާރްޑީއެސް ފެނުނީ. އެހެންމީ ޔަގީން ކަމާއެކު ދަންނަވަން ކެރެނީ މި ދެގައުމުގެ މީހުން ހެދި ޓެސްޓުން ކުރެ އެއްޓެސްޓުން އާރްޑީއެސް ފެނިއްޖޭ އެހެންވީމާ އެ މާއްދާ ބޭނުންކޮށްފައޭހުރީ މިއީ ގޮއްވާލުމެކޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ވޯލްސްޓްރީޓްގައި ރިޕޯޓް ކުރީ އެފްބީއައި ރިޕޯޓްގައި މުޅިން އޮތް ގޮތަށް ނޫން ކަމަށާއި އެ ރިޕޯޓް އެ މަނިކުފާނުގެ އަތްޕުުޅުގައި އޮތް އިރު އޭގައި ބުނަނީ ޔަގީން ކަމާއެކު އެއީ ގޮއްވާލުމެކޭ ބުނާވަރުގެ ހެއްކެއް އެމީހުންގެ ސާމްޕަލްތަކުން ނުފެނުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ