އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފި

އުމަރަށް އިންޒާރު ދިން މީހާ ވަނީ މިހާރު މި ހިނގާ ރިޔާސީ އިންތިހާބުގައި ވޯޓް ހޯދަން ކިތަށް ކިލޯ ޑްރަގް ބެހިކަން އުމަރަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކޮށްފައެވެ. އަދި ދައުލަތަށް ފައިސާ ވަނީ ވެސް ޑްރަގުން ކަމަށް ވިދާޅުވެ އުމަރަށް ހުތުރު ބަސްތަކެއް ރައްދު ކޮށްފައިވެއެވެ.
ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފި އެވެ.
އުމަރަށް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އުމަރު ވަނީ އެ މެސެޖްތައް ހިއްސާ ކުރައްވާފައެވެ. އުމަރު ވިދާޅުވި ގޮތުގައި މަރުގެ އިންޒާރު ދިނުމުގެ ފަހަތުގަައި ވަނީ ޑްރަގް ޑީލަރެެކެވެ.އުމަރަށް އިންޒާރު ދިން މީހާ ވަނީ މިހާރު މި ހިނގާ ރިޔާސީ އިންތިހާބުގައި ވޯޓް ހޯދަން ކިތަށް ކިލޯ ޑްރަގް ބެހިކަން އުމަރަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކޮށްފައެވެ. އަދި ދައުލަތަށް ފައިސާ ވަނީ ވެސް ޑްރަގުން ކަމަށް ވިދާޅުވެ އުމަރަށް ހުތުރު ބަސްތަކެއް ރައްދު ކޮށްފައިވެއެވެ.އޭގެ ފަހުން ވަނީ ޑްރަގް ވިޔަފާރި ކުރާ މީހުންނާއި ދެކޮޅަށް އުމަރު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި ގުޅިގެން މަރުގެ އިންޒާރު ދީފައެވެ. އުމަރަށް މަރުގެ އިންޒާރު ދީފައި މިވަނީ މާލެ ސިޓީގައި ކުރިއަށް ގެންދިޔަ ރޯޑް ރެލީގެ ތެރެއިން އުމަރަށް މީހަކު ހަމަލާ ވެސް ދީފައި ވަނިކޮށެވެ. އޮގަަސްޓް 19 ވަނަ ދުވަހުގެ ހަމަލާއާ ގުޅޭގޮތުން ވެސް އުމަރު ވިދާޅުވީ އޭނާއަށް ހަމަލާ ދިނީ ޑްރަގް ވިޔަފާރީގައި އުޅޭ މީހެއް ކަމަށް ތުހުމަތު ކުރެވެއެވެ. އެ މީހާ ވަނީ ހަމަލާ ދިނުމަށް ފަހު ފިލާފައެވެ. ނަމަވެސް އުމަރުގެ ސެކިއުރިޓީއަށް ތިއްބެވި ސިފައިން ވަނީ އެ މީހާގެ ފޮޓޯއެއް ފުލުހުންނާއި ހިއްސާކޮށްފައި ކަމަށް އުމަރު އެ ދުވަހު ވިދާޅުވި އެވެ. އެ މައްސަލައާ ގުޅޭގޮތުން ނޫސްވެރީން ފުލުހުންނާއި ސުވާލު ކުރާތާ ދެ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެ ސުވާލަަށް ޖަވާބެއް ނުދެއެވެ.ދަގަނޑު އެއްޗަކުން ހަމަލާ ދިން ނަަމަވެސް ބޮޑު އަނިޔާއެއް ލިބިވަޑައިނުގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ.އުމަރަކީ ޑްރަގް ވިޔަފާރި ހުއްޓުވަން ވަރުގަދަ އަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ކެމްޕެއިން ގައި އެންމެ ބޮޑަށް އުމަރު ދައްކަވަނީ ވެސް ޑްރަގްގެ ވަބާ ރާއްޖެއިން ނައްތާލައްވާނެ ކަމުގެ ވާހަކައެވެ. އެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންނަށް މަރުގެ އަދަބު ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ