އެމްޑީޕީގެ މެނިފެސްޓޯއަކީ ކޮޕީއެއް ކަމަށް މެމްބަރު ރިޔާޒު ވިދާޅުވެއްޖެ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ މެނިފެސްޓޯ އާންމު ކުރައްވާފައިވާއިރު، އެ މެނިފެސްޓޯ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެނިފެސްޓޯ ކޮޕީކޮށްފައިވާ ކަމަށް މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯގެ ފުރަތަމަ ސިިޔާސަތު ރޭ އިފްތިތާހުކޮށްފައިވާއިރު، އޭގައި ހިމެނޭ ބައެއް ކަންތައް ކޮޕީ ކޮށްފައިވާ ކަމަށް ރިޔާޒް ތުހުމަތު ކުރެއްވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަމަވެސް ކޮޕީ ކޮށްފައިވަނީ އެމްއެންޕީ މެނިފެސްޓޯގެ ކޮން ބައެއް ކަމެއް ރިޔާޒް ވިދާޅުވެފައިނުވެއެވެ.
އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އިފްތިތާހުކޮށްފައިވާއިރު، އެ ސިޔާސަތާ ގުޅޭ ތަފުސީލު ދެއްވީ ސޯޝިއޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ޑރ. އައިޝަތު ޝަފީނާ ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މެނިފެސްޓޯގައި ހިމެނޭނީ، އާންމުންގެ ބައިވެރިވުމާއި މަޝްވަރާ އާއީ ކާމާބެހޭ ފަންނީ މާހިރުންގެ އިރުޝާދާއި ލަފާގެ މަތިން އެކުލަވާލެވުނު ސިޔާސަތުތަކެކެވެ.
ޢެ މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ، ރައީސް އަދި އެމްޑީޕީގެ ކެންޑޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިނަށް ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނެވެ.
އެމްޑީޕީގެ މެނިފެސްޓޯ ބަހާފައިވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ. އޭގެ ތެރެއިން ރޭ އިފްތިތާހްކުރީ "އުފާވެރި ދިރިއުޅުން" މި ސިޔާސަތެވެ.
އެމްޑީޕީ މެނިފެސްޓޯގައި ދެން ހިމެނޭ ސިޔާސަތުތަކަކީ.
 
 
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ