މި މަސް ނިމުމުގެ ކުރިން ކަރަންޓުގެ އަގު ހެޔޮ ކުރަނީ

މި މަސް ނިމުމުގެ ކުރިން ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވާރަމަންޓް މިނިސްޓްރީ އިން ބުނެފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީ، ދައުލަތުގެ މީޑިއާ، "ޕީއެސްއެމް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ މަޝްވަރާތަކާއި، ސާވޭތައް ކޮށް ނިމިފައިވާ ކަމަށާއި އެ މިނިސްޓްރީ އާއި ސްޓެލްކޯ އަދި ފެންކައިގެ އިތުރުން އެމްޑަބްލިއުއެސްސީ ގުޅިގެން ކުރި މަސައްކަތުގެ މައްޗައް ބިނާކޮށް ޑްރާފްޓެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. 
އަދި އެ ޑްރާފްޓު މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށާއި ވެރިކަމުގެ ފުރަތަމަ 100 ދުވަސް މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާއިރު ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ކަމަށް އަލީ ވިދާޅުވި އެވެ
ރާއްޖެއިން ލިބެންހުރި ވަސީލަތްތައް ބޭނުންކުރަން ފެށުމުން އެބަ އިނގޭ ކަރަންޓުގެ އަގު ކުޑަކުރެވިދާނެކަން. 100 ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮކުރާނަން،" އަލީ ވިދާޅުވި އެވެ.
މި މަސް ނިމުމުގެ ކުރިން ކަރަންޓް އަގުހެޔޮ ކުރަން ނިންމި ނަމަވެސް  އަގުހެޔޮ ކުރަނީ ކިހާ މިންވަރެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ