ޢިބްރަތްތެރި ވާހަކަ: ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރަން ހުޝިޔާރު އަންހެން ދަރިންނަށް ދޫކޮށްލުމުން ކުރާ ފައިދާ މާބޮޑުކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ

އަހުރެން ނިޞްބަތްވަނީ ތަނަވަސް ޢާއިލާއަކަށެވެ. މައިންބަފައިން ބާރުއަޅަމުން ދިއައީ ތަނަވަސް ޢާއިލާއެއްގެ ދަރިއަކާއި ނުވަތަ ތަނަވަސްކަންހުރި ޟީހަކާއި ނޫނީ ކައިވެނި ނުކުރުމަށެވެ. ނަމަވެސް އަހުރެންގެ ވިސްނުން މުޅިން ތަފާތެވެ. އަހުރެން ބޭނުންވީ އާދައިގެ ފެންވަރުގެ ޒުވާނަކާއި ކައިވެނިކުރުމަށެވެ. 
ތެދަށް ބުނާނަމަ އެއީ ވަރަށް ބޮޑު އަމިއްލަ އެދުމެއްގައެވެ. އެއީ ފިރިމީހާގެ އަޅަކަށް ނުވުމާއި އަހުރެންގެ އަޅަކަށް ފިރިމީހާ ހެދުމެވެ. މިބަހުގެ އަޞްލު މާނައަކީ އަހުރެން އެދޭ ގޮތަކަށް ކަންކަން ކޮށްދީ އަހުރެންނަށް ޚިދުމަތްކުރާނެ ފިރިއެކެވެ.  
މިވިސްނުމުގައި ހުއްޓައި ބައްދަލުވި ޒުވާނެކެވެ. އޭނާ އަހުރެންނަށް ޝައުޤްވެރިވާކަން އެނގުމުން އަހުރެންވެސް ޝައުޤުވެރިވާކަން ފައުޅުކުރީމެވެ. ދެމީހުންގެ މެދުގައި ވާހަކަ ދެކެވި ކައިވެނީގެ ދުވަސް ކަނޑއަޅައި މައިންބަފައިންގެ ގާތުގައި ބުނުމުން ވަރަށް ފޫކެހިއެވެ. ނަމަވެސް އަހުރެންނަކީ އަހުރެން ކުރަން ބޭނުންވާ ކަމެއް ކުރާނެ ދަރިއެއްކަން އެނގޭތީ ޒުވާބަކަށް ނުގޮސް އެއްބަސްވިއެވެ.  
އެއީ ކިޔަވައިގެން ހުރި ޒުވާނެކެވެ. ނެތީ ތަނަވަސްކަމެވެ. އެހެންވެ ކައިވެނިކޮށް ހަނީމޫންގެ ދުވަސްކޮޅު ފާއިތުވުމުން ބުނީމެވެ. "އަހުރެން އެދެނީ މިހާރު އަދާކުރާ ވަޒީފާއިން ވަކިވެ ބައްޕަގެ ގާތުގައި މަސައްކަތްކުރަން ފެށުމެވެ. އެއިރުން ދެމީހުންނަށް އެކުގައި މަސައްކަތްކުރެވޭނެއެވެ. ގިނަ ވަޤުތުވެސް ހޭދަކުރެވޭނެއެވެ."  
އަހުރެންގެ ހުށަހެޅުން ފިރިމީހާ ޤަބޫލުކުރިއެވެ. ބައްޕަގެ ގާތުގައި މަސައްކަތްކުރަން ފެށިއެވެ. އަދި މިވީ އެންމެ 5 އަހަރެވެ. ބައްޕަގެ ވިޔަފާރި ބެލެހެއްޓުމުގައި އިސްކޮށް ތިބީ ބައްޕަގެ 4 ފިރިހެންދަރިންނެއް ނޫނެވެ. އަހުރެމެން ދެމަފިރިންނެވެ. ބައްޕައަށް މަންމަ އާއިއެކު އަރާމުކުރަން ވަޤުތުކޮޅެއް ލިބުނީ ބައްޕަގެ މަސައްކަތާއި އަހުރެމެން ދެމަފިރިން ޙަވާލުވިފަހުންނެވެ.  
ޙަޔާތަށް ބައިވެރިއަކު ހޯދުމުގައި އަހުރެންގެ ނިންމުމަށް މިއަދު ބައްޕައާއި މަންމަ ތަޢްރީފެ ކުރެއެވެ. އެހެންވެ އަހުރެން ބުނެލަން ބޭނުންވަނީ ބައްޕަމެންގެ ޚިޔާލަށް އަހުރެން ދެކޮޅުހެދިކަމުން ހުރިހާ ފައިޑާއެއްކުރީ ބައްޕަމެންނަށް ކަމަށެވެ. އަދި އަހުރެންގެ ނިންމުމަށް އަހުރެން ފަޚުރުވެރިވާ ކަމަށެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ