އއ. އުކުޅަހުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ރޭ ދިން ހަމަލާގައި ޒަހަމްވި ބައްޕަ އިތުރު ފަރުވާ ދިނުމަށް ފަތިހު މާލެ ގެނެސްފި އެވެ.
ވީ ކިހިނެއް؟ - އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އުމުރުން 26 އަހަރުގެ ދަރިފުޅާއި ބައްޕައާ ދެމެދު ދެބަސްވުން އުފެދުނީ، ދަރިފުޅުގެ ގަޔަށް ޖަހަން ޖެހޭ އިންޖެކްޝަނަކާ ގުޅިގެންނެވެ. އިންޖެކްޝަން ޖެހުމަށް ދެކޮޅު ހަދައި، އެ ޒުވާނާ ވަނީ ބައްޕަގެ ބަނޑަށާއި އަތަށް ވަޅިއަކުން ހަމަލާދީފަ އެވެ.
"އެހާ ފުންކޮށް ވަދެފައެއް ނެތް. ފުރަތަމަ ސިއްހީ މަރުކަޒުން ފަރުވާ ދިނީ. އެކަމަކު ފަހުން ބަނޑަށް ހަރާފައި އިންތަން ދުޅަވެ ގޯސްވާން ފެށުމުން މާލެއަށް ބަދަލު ކުރަން ނިންމީ،" އުކުޅަހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ތަފްސީލް - އޭނާ ބުނި ގޮތުގައި:
ދަރިފުޅަކީ ވަރަށް ކުޑައިރުއްސުރެ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް
ގަވައިދުން ޖަހާ އެ އިންޖެކްޝަން ޖަހަން މީގެ ކުރިން ގެންނަނީ މާލެއަށް، އެކަމަކު ކަމާ ގުޅޭ އިދާރާތަކުގެ ލަފަޔާ އެކު ގޭގައި ޖަހަން ނިންމީ
ދަރިފުޅުގެ ގަޔަށް އިންޖެކްޝަން ޖެހީ ހެލްތު ސެންޓަރުގެ އޮފިޝަލުން ގޮސް
އެނގިފައިވާ ގޮތުގައި، އައިޖީއެމްއެޗުގައި ބައްޕައަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު މި ވަގުތު ސްޓޭބަލް އެވެ.
ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ދިން ހަމަލާގައި ޒަހަމްވި ބައްޕަ މާލެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ