އޮސްޓްރޭލިއާ ސަރުކާރުން ކަސްޓަމްސް އަށް ސަވައިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފި އެވެ.
މި ޑްރޯންތަކަކީ އޮސްޓްރޭލިއާގެ ކަސްޓަމްސް، އޮސްޓްރޭލިއަން ބޯޑާ ފޯސްއިން ދިވެހި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމަށް އެހީތެރިވެދިނުމަށް ރާއްޖޭގެ ކަސްޓަމްސްއަށް ހަދިޔާކުރި އާލާތްތަކެކެވެ.
އޮސްޓްރޭލިޔަން ބޯޑަރ ފޯސްއިން ރާއްޖޭގެ ކަސްޓަމްސް ސަރވިސްއަށް ހަދިޔާކުރެއްވި ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ. ކަސްޓަމްސްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ ވަނީ ޑްރޯންތައް ހަދިޔާކުރެއްވި ކަމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރާއި އެ ޤައުމުގެ ބޯޑަރު ފޯސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި އެހީގެ ސަބަބުން ކަސްޓަމްސް އިން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ކަސްޓަމްސްއަށް ސަވައިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ