ގިނަބައަކު ބުނަނީ ރޭއަޅުކަންކުރަން ބޭނުންވާ ކަމަށާއި ކުރިން ނިދިޔަސް ނުހޭލެވެނީ ކަމަށެވެ. ސޯނާކޮށްގެން ހޭލެވުނަސް ނިދެނީކަމަށެވެ.
އެފަދަ މީހުންނަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ފަރުޟްނަމާދުތަކަށާއި ރަވާތިބް ސުންނަތްތަކަށް ރައްކައުތެރިވާށެވެ. އަދި ހޭލައި ހުންނައިރު ކުރަންލިބޭ ޟުޙާ ނަމާދުކޮށް ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ގިނައިން ސަޖިދަކުރަން ބޭނުންވާ މީހަކުކަން ޢަމަލުން ދައްކާށެވެ! އަދި ޢިޝާނަމާދަށްފަހު ވިތުރިގެ 2 ރަކްޢަތްނަމަވެސް ކުރާށެވެ. ރޭއަޅުަކަމަށްފަހު ކުރަން، ވިތުރީގައި އެކަހެރިކޮށްކުރާ 1 ރަކްޢަތް ބޭއްވުމަކީ މައްސަލައެއް ނޫނެވެ.
ރޭގަނޑު ނިދުމަށްފަހު ފަހުދަންފަޅީގައި ނުވަތަ ފަތިސްވުމުގެ ކުރިން ދަމުނަމާދުކޮށްލެވޭހައި ވަޤުތު ލިބި ހޭލެވިއްޖެ ނަމަ އެއީ އެމީހަކަށް ލިބޭ ވަރަށް ބޮޑު ނަޞީބެކެވެ. އެހެނީ އަބަދުވެސް ބުނާފަދައިން ދަމުނަމާދަށް މީހަކަށް ހޭލެވިއްޖެނަމަ އެއީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ޚާއްޚަޞަ ދަޢުވަތެކެވެ.
ﷲ ތަޢާލާ ތިމާއަށް ދަޢުވަތެއް ދެއްވެވުމުން ޤަބޫލުނުކޮށް ބަލައިނުގަނެ ދޫކޮށްލަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ އެއީ ކުރަން ހެޔޮވާނޭ ކަމެއް ނޫނެވެ. ވީމާ ނިދީންހޭލެވުމާއިއެކު ދެއްވެވި ދަޢުވަތު ޤަބޫލުކޮށް ތާހިރުވެލައި ވުޟޫކޮށްލައިގެން އެމީހަކަށް ކުރެވުނު ޢަދަދަކަށް އަވަހަށް ދަމުނަމާދުކޮށްލާށެވެ. 2 ރަކްޢަތް ނުވަތަ 4 ރަކްޢަތް ނަމަވެސް މައްސަލައެއް ނެތެވެ. އެންމެ މުހިންމީ ނަމާދުކުރުމެވެ.
ދެން އޮތީ ދަމުނަމާދަށްފަހު ދުޢާކުރުމެވެ. ދުޢާކުރާއިރު ހަމައެކަނި ތިމާގެ ބޭނުންތަކަށް އެދި ދުޢާކޮށްފައި ފުއްދައިނުލާށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތި ޙާލުގައި ޖެހިފައިތިބި އެންމެންގެމަތިން ހަނދުމަކޮށް އެއެންމެންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ. އެދުޢާގެ ސަބަބުން އެމީހަކަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- ނުފްތީ މެންކުގެ ދަރުސަކުން
ރޭއަޅުކަންކުރަން ހޭލަންފެށުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން! ފުރަތަމަ މަސައްކަތްކުރަންވީ ﷲ ދެއްވަވާ އެޚާއްޞަ ދަޢުވަތު ލިބުން ޙައްޤު މީހަކަށްވާން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ