ކ. އެރިޔަދޫ ކައިރިއަށް ބަންޑުން ޖަހާލި 'އަލްމާކް-ފިޔަ' ކިޔާ ކޮޅުވެއްޓިން ގެއްލުނު މީހުންގެ ތެރެއިން ނުފެނި އޮތް ފަހު މީހާގެ ހަށިގަނޑު ވެސް މަރުވެފައި އޮއްވާ ރޭ ފެނިއްޖެ އެވެ.
ވީކިހިިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ރިސޯޓަކަށް މުދާ ބަރުޮށްގެން ދިޔަ ކޮޅުވެއްޓިން ހަތް މީހަކު ދަތުރުކުރި އެވެ. އެއިން ހަތަރު މީހަކު އެމްއެންޑީއެފް އިން ވަނީ ސަލާމަތްކޮށްފަ އެވެ.
ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކުގެ ހަށިގަނޑު ހަމަ އެ ދުވަހު ސިފައިން ހޯދި އެވެ.
ތަފްސީލް - އެމްއެންޑީއެފް އިން ބުނި ގޮތުގައި، ތިންވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ، ރޭގެ ވަގުތެއްގައި ކ. އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށެވެ.
މަރުވެފައި އޮއްވާ މިއަދު ފެނުނު މީހަކީ ސްރީލަންކާ މީހެކެވެ. ދެން މަރުވީ އިންޑިއާ މީހަކާއި ދިވެއްސެކެވެ.
މަރުވެފައި އޮއްވާ ފެނުނު ދިވެއްސަކީ:
އަހުމަދު ޝިފާން، 38، ސަރުސޫނުގެ/ ގއ. ދާންދޫ
ފާހަގަކޮށްލެވޭ - މި ހާދިސާ ހިނގީ، މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ދުރާލާ އިލްތިމާސްކޮށްފައި ވަނިކޮށެވެ.
ކޮޅުވެއްޓިން ގެއްލުނު ފަހު މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ