ދެ ސީޕްލޭން ޗާޓަރު ކޮށްގެން ރައީސް އާއި ނައިބު ރައީސް ފުޓްސަލް ދަނޑެއް ހުޅުވަން މަންދޫއަށް! ދެ ސީޕްލޭން ޗާޓަރު ކޮށްގެން ރައީސް އާއި ނައިބު ރައީސް ފުޓްސަލް ދަނޑެއް ހުޅުވަން މަންދޫއަށް!

މާލީ ދަތިކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި ސީޕްލޭން ޗާޓަރުކޮށްގެން ހަމައެކަނި ފުޓްސަލް ދަނޑެއް ހުޅުވުމަށް ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު އަބްދުއްލަތީފު އދ. މަންދުއަށް އިއްޔެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު އާއި ނައިބު ރައީސް މަންދު އަށް ވަޑައިގަތީ ދެ ސީޕްލޭނުގަ އެވެ.
ރާއްޖޭގެ އެއާލައިންތަކުގެ ވިޔަފާރީގެ ރޭޓަށް ބަލާއިރު މަންދޫ އަށް ސީޕްލޭންގައި ޗާޓަރު ދަތުރެއް ކޮށްދޭ އެވްރެޖު އަގު އުޅެނީ 8500 ޑޮލަރަށެވެ. އެހެންވެ، ދެ ސީޕްލޭން ޗާޓަރު ކުރުމަށް 17،000 ޑޮލަރު ހަރަދު ވާނެ އެވެ. އެ ދަތުރާއި އެހެނިހެން ހަރަދަށް ބަލާއިރު ދެ ގަޑިއެއްހާއިރުގެ ދަތުރުގެ ޖުމުލަ ހަރަދަށް މަދުވެގެން 300،000ރ. ހޭދަވާނެ ކަމަށް ބެލެވެ އެވެ.
މި ދަތުރުގެ ހަރަދެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެ އެވެ. އަދި ފުޓްސަލް ދަނޑުގެ ޕްރޮޖެކްޓުގެ އަގު، އެ މަސައްކަތް ކުރި އެމްޓީސީސީން ވެސް ހާމައެއް ނުކުރެ އެވެ.
މަންދޫގައި ފުޓްސަލް ދަނޑެއް އަޅައި ދިނުމަށް މަންދޫ ޒުވާނުން އެދުނީ އޮކްޓޯބަރު 8, ގައި ރައީސް އެރަށަށް މުއިއްޒު ކުރެއްވި ޒިޔާރަތުގަ އެވެ. ދަނޑު ހުޅުވައި ދެއްވުމަށް ރައީސް ވަޑައިގަތީ މަންދޫ ޒުވާނު ދެއްވި ދައުވަތަކަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ފުޓްސަލް ދަނޑު ހުޅުވައި ދެއްވުމަށް ފަހު، ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗެއް ވެސް ކުޅުނެވެ. އެ މެޗު ކާމިޔާބު ކުރީ ރައީސްގެ ޓީމެވެ. އެ ދަތުރުގައި ވަޒީރުންނާއި އެސްއޯއީތަކުގެ ވެރިން ވެސް ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ