ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި

ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ރާއްޖެ އެތެރެކުރަން ސަރުކާރުން ކުންފުންޏެއް އުފައްދައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނީ، ކުންފުނީގެ ގާނޫނުގެ ދަށުން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން މިއަދު އުފައްދާފައި ވަނީ:
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި 
މިއީ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެއް
ތަފްސީލް - ރައީސް އޮފީހުން ބުނީ މި ކުންފުނީގެ މަސައްކަތަކަށް ވާނީ:
ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް ސާމާނު ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް ކުރުން 
އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުން
ގުޅުންހުރި - ސަރުކާރުން މި ފަހުން ވަނީ، އައިޖީއެމްއެޗްގައި އައިނު ހައްދައިދިނުމުގެ ވިޔަފާރި ވެސް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ