ނޮވެންބަރު 3 ސާބިތު ކޮށްދެނީ ގައުމަށްޓަކައި ޖާނާއި ލެއިން ގުރުބާންވާނެ ދަރިން ތިބިކަން: ސާޖިދާ ދެ ކޮންޓޭނާގެ ސިގިރޭޓް ގެއްލުނު މައްސަލައިގައި ހައްޔަރު ކުރި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި ރައީސް، ނޮވެންބަރު 3، ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމ

ގައުމަށް ފާގަތި މުސްތަގުބަލެއް ހޯދޭނީ ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު މި ގައުމު ދިފާއުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ގައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ގައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ.
https://x.com/MMuizzu/status/1985144347256655996
މީގެ އިތުރުން ރައީސް ވިދާޅުވީ މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ހިދުމަތްކުރާނެ އިހްލާސްތެރީން ކަމަށެވެ. އަދި މިފަދަ އިހުލާސްތެރި ދަރީން މި ގައުމުގައި ގިނަކޮށްދެއްވުން އެދި ރައީސްވަނީ ދުއާ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ