ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ އެހީތެރިކަމާ އެކު، އެފްއޭއެމް އިން މިއަދު ފެށި ވިމެންސް ފުޓްބޯލް ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދޭން ނިންމައިފި އެވެ.
އެގާރަ އަހަރަށް ފަހު، 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެފްއޭއެމް އިން އަންހެން ފުޓްބޯޅަ މުބާރާތެއް ފެށީ މިއަދު އެެވެ. އެ ގޮތުން، އެފްއޭއެމް އިން މިއަދު ފެށި، ހަ ޓީމު ވާދަކުރާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ވާދަކުރާ ޓީމުތަކަކީ، ވިމެންސް ފުޓްބޯލް ލީގުގައި ވާދަކުރާ ހަ ޓީމަކީ، އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.
އެފްއޭއެމް އިން މިރޭ ބުނީ، ފީފާގެ އެހީތެރިކަމާ އެކު، އަންހެން ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ވިމެންސް ފުޓްބޯލް ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް 100،000 ރުފިޔާގެ ފައިނޭންޝިއަލް ސަޕޯޓެއް ދޭން ނިންމާފައިވާ ކަމަށެވެ.
އަންހެން ފުޓްބޯޅަ ކުރިއަރުވަން ފީފާ އިންކުރާ މަސައްކަތުގެ ތެރެއިން، ރާއްޖެއާ އެކު މިހާރު، ފީފާ އިން ދަމަހައްޓަމުން އަންނަ ހަރުދަނާ ގުޅުން ވަރުގަދަކުރުމަށްޓަކައި މި ދިން އެހީތެރިކަމަށްޓަކައި، އެފްއޭއެމް އިން ވަނީ ޝުކުރުއަދާކޮށްފަ އެެވެ.
ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ވިކްޓަރީން ވަނީ 6-0 އިން ޓީސީ ބަލިކޮށްފަ އެވެ. މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ. ނިއު އަކީ އެފްއޭއެމް އިން އެންމެ ފަހުން، 2014 ވަނަ އަހަރު ބޭއްވި ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މިދިޔަ އޮކްޓޫބަރު މަހު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވިއިރު، އެ ދަތުރުގެ ތެރެއިން މަޝްވަރާތަކެއް ކުރިއަށްގެންގޮސް، ރާއްޖޭގެ އަތޮޅު ފުޓްބޯޅަ މުބާރާތް، އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ވެސް ފައިނޭންޝިއަލް ސަޕޯޓް ދޭން ނިންމި އެވެ. އެ ގޮތުން، ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނާނެ، އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން ދޭން ނިންމީ 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ) އެވެ.
ފީފާގެ އެހީއާ އެކު އެފްއޭއެމް އިން ލީގުގައި ކުޅޭ އަންހެން ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދެނީ ފީފާގެ އެހީއާ އެކު އެފްއޭއެމް އިން ލީގުގައި ކުޅޭ އަންހެން ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ