އެލިއާއިން ލަންކާ މީހުންނަށް 20،000 ޑޮލަރު ދީފި

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމުގެ ގޮތުން އެލިއާ އިން އެ ގައުމަށް 20،000 ޑޮލަރު ހަދިޔާކޮށްފި އެވެ.އެލިއާ އިން ބުނީ ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން އަދި މަސައްކަތް ކުރަމުން އަންނައިރު، ދިވެހި މުޖުތަމައަށް މުހިންމު އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.ޕީއެސްއެމުން އިސްނަގައިގެން 'ސިލޯނާ އެކު ދިވެހިން'ގެ ނަމުގައި އިއްޔެ ހެނދުނުން ފަށައިގެން މިއަދު މެންދުރުފަހު 2އާ ހަމައަށް ހާއްސަ ޓެލެތޯނެއް ކުރިއަށް އެބަ ގެންދެ އެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ވިޔަފާރިތަކުން ވަނީ އެހީ ދީފަ އެވެ.ސްރީ ލަންކާއަށް އެރި ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު 330 އަށް ވުރެ އިތުރު ވެފައި ވާއިރު ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ