ބްރިޖު މަތީ އެކްސިޑެންޓެއް؛ އަނިޔާވި މީީހުން ހޮސްޕިޓަލަށް ގެންގޮސްދިނީ މިނިސްޓަރު އިހުސާން

ސިނަމާލެ ބްރިޖު މަތީ މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނުގެ ކާރުގައި ހޮސްޕިޓަލަށް ގެންގޮސްދީ، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިރޭ ބުނީ ބްރިޖު މަތީ ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓުވީކަމުގެ ރިޕޯޓު މިރޭ 6:35 ހާއިރު ލިބިފައިވާ ކަމަށެވެ.
ތަފްސީލު - ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް އެކްސިޑެންޓުގައި އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން:
އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި
އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވީ އޭރު އެ ތަނުގައި ހުންނެވި މިނިސްޓަރު އަލީ އިހުސާން؛ އޭނާގެ ކާރުކޮޅުގައި އެ މީހުން ހޮސްޕިޓަލަށް ގެންގޮސްދެއްވި
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ދެ މީހުންގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ގެއްލުންވި ކަމަށާއި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ