ކުޑަކުދިންނާ ބެހުނު ކަމަށް ބެލެވޭ ސަނީ އުމަރު އެއާޕޯޓުން ހައްޔަރުކޮށްފި

އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރު މިރޭ ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގާ އަދި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކެއްގެ ވާހަކަ މީޑިއާގައި ފެންމަތިވެފައިވަނިކޮށް އާއިލާ އިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ.
 ތަފްސީލް - އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށް އޭނާ ވަނީ މިއަދު ފުލުހުންގެ އެފްސީޕީއަށް ހާޒިރުކޮށްފަ އެވެ.
އެ މައްސަލަ ފަޅާއެރުމުން ސަނީ އުމަރު ރާއްޖެ ދޫކޮށް މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއަށް ދިޔަ އެވެ. އޭނާ މިއަދު ފުލުހަށް ހާޒިރުކުރީ އަނބުރާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ސަނީ ހައްޔަރު ކުރީ، ފުލުހުން ބުނި ގޮތުގައި، ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި ފަހުން، އަނެއްކާވެސް ރާއްޖެ ދޫކޮށް ފުރަން އުޅެނިކޮށް އެއާޕޯޓުންނެވެ.
އެނގުން މުހިންމު - މި މައްސަލައިގައި ހިމެނެނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:
އަންހެން ދެ ކުދިންނާއި ފިރިހެން ކުއްޖެއް 
 އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން
އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ