މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ބިސް ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ މޮޅު ހޯދައިފި އެވެ.
ވިމެންސް ފުޓްބޯލް ލީގުގައި ބިސް ބުރު އާއި ޓީސީން ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެހެންކަމުން، މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމަށް މުބާރާތް ކާމިޔާބުކުރުމުގެ ދޮރު އޮތީ ބަންދުވެފަ އެވެ. މި މެޗު މުހިންމުވެފައި އޮތީ ލީގުގެ އެންމެ ފުލުން ސަލާމަތްވާނެ ޓީމެއް ކަނޑައެޅުމަށެވެ. ޓީސީން މި ހޯދި މޮޅާ އެކު، ތިން ޕޮއިންޓް ހާސިލްކޮށް އެ ޓީމު އޮތީ ހަ ޓީމު ވާދަކުރާ ލީގުގެ ފަސް ވަނައިގަ އެވެ. ބިސް ބުރު އޮތީ އެންމެ ފުލުގައި ހަތަރު މެޗުން ޕޮއިންޓެއް ނުލިބި އެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި، އިއްޔެ ހަވީރު ކުޅުނު މެޗުގައި، ބިސް ބުރު ކޮޅަށް ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ، ދެ ވަަނަ ހާފުގަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޕްރަވީނާ މަޑޫކީ އެެވެ. ސްރީ ލަންކާ ގައުމީ ޓީމަށް ކުޅޭ ޕްރަވީނާ، ބިސް ބުރުގެ ދެ ކުޅުންތެރިން ކައިިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ، ގޯލުގެ ތެރެއަށް ވަނީ ބޯޅަ ފޮނުވާލައިފަ އެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު މި ވަގުތު އޮތީ ތިން ޓީމަކަށެވެ. އެއީ، ލީގުގެ އެއް ވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަން އާއި ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބަށެވެ.
މާޒިޔާ، އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ނިއު އަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭނީ އޮޑި އާއި ވިކްޓަރީ އެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ބިސް ބުރު ބަލިކޮށް ޓީސީ އަށް ފުރަތަމަ މޮޅު އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ބިސް ބުރު ބަލިކޮށް ޓީސީ އަށް ފުރަތަމަ މޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ