ދޮންފަނު ޖެނެރޭޓަރުތައް ހަވާކުވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ބ. ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރު ތަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ހިދުމަތް މެދުކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - ފެނަކައިން ދާދި ދެންމެއަކު ބުނިގޮތުގައި އެ ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ޖަނަރޭޓަރު ތަކަކަށް މައްސަލަ ދިމާވެގެން ނެެވެ. އެކަން ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ބުންޏެވެ.
ބުނީ ކީކޭ؟ - ފެނަކައިން ބުނީ، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން:
ޖެންސެޓް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަ އާއި އެކު ޓެކްނިކަލް ޓީމްއެއް ދޮންފަނުގައި ދަނީ ހަރަކާތްތެރި ވަމުން 
އިތުރު ޖެންސެޓެއް ދޮންފަނަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
މިކަމާ ގުޅިގެން އެރަށު ކައުންސިލުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް، 'ދައުރު' އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މުޅި ރަށުން ކަރަންޓު ގޮސްފައިވަނީ މިއަދުގެ އެކި ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިއުމަށް ފަހު އެވެ. 
އެނގުން މުހިންމު - މިއީ ފެނަކައިން ދެމުންދާ ހިދުމަތް ރަށެއްގައި މި މަސްތެރޭ ކެނޑުނު ތިންވަނަ ފަހަރެވެ. އެގޮތުން މިމަހުގެ ހަތްވަނަ ދުވަހު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑުނެވެ. ފެނުގެ ހިދުމަތް އަލުން އެރަށްތަކަށް ލިބުނީ ދެ ދުވަސް ފަހުން ނެވެ.
މީގެ އިތުރުން މިިދިޔަ އާދިއްތަ ދުވަހު ޅ. ނައިފަރުން ވެސް ފެނުގެ ހިދުމަތް މެދުކެނޑުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ