ސިފައިންގެ ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ ރިޓަޔަރ ކުރައްވައިފި

ދިވެހި ޤައުމީ ދިފާޢި ބާރު ގައި 31 އަހަރު ދުވަހު
ޚިދުމަތް ކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ ޝަރަފުވެރި
ކަމާއިއެކު ޚިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ.
ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ ވަނީ ދިވެހި
އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމުކަމުގައިވާ "ސާޖަންޓް
މޭޖަރ އޮފް އެމްއެންޑީއެފް" ގެ މަޤާމުވެސް އަދާކުރައްވާފައެވެ.
އެންމެފަހުން ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ
ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ
ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
Advertisement
ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ
ޝަރަފުވެރިކަމާއި އެކު ޚިދުމަތުން ރިޓަޔަރ ކުރައްވުގެ ރަސްމިއްޔާތު ބާއްވާފައިވަނީ
31 ޑިސެމްބަރ 2023 ގައެވެ. އަދި އަމަނިކުފާނުގެ ޚިދުމަތުގެ ލިޔުން ހަވާލު ކޮށްދެއްވާފައި
ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެވެ.
މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާގެ އިސް އޮފިޝަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ  ޝަރަފުވެރިކަމާއި އެކު ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާއިރު
ދިވެހި ސިފައިންގެ ހިދުމަތަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވުމަށްފަހު، މޭޖަރ ޖެނެރަލް
ވައިސް ވަހީދާއި މޭޖަރ ޖެނެރަލް ހާމިދު ޝަފީގު ވެސް ވަނީ ހިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ