ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމް ކޯޓުން ބާތިލު ކޮށްފި އެވެ.
ވ. ތިނަދޫ ރެޑްހައުސް، އަހްމަދު މޫސާ މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ހިޔާނާތްތެރި ވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އަހްމަދު މޫސާ ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ. އެއީ ޖޫން، 16 2021 ގައެވެ.މި އަމުރު މުރާޖާ ކުރުމަށް އެދި އޭނާގެ ފަރާތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ހުށައަޅާފައެވެ. އަދި އަމުރު މުރާޖައާކޮށް އޭނާގެ ޕާސްޕޯޓު ދޫކުރުމަށް ވަނީ އަމުރެއް ނެރެފައެވެ. އެއީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާން ދިން ހުއްދަ އެކެވެ.ދައުލަތުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ނިންމީ އަމުރު ދެމެހެއްޓުމަށެވެ. ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ވައްދާފަ އެވެ.ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ޕާސްޕޯޓް ދޫކޮށްލުމާއި އަންމަޓީ ކޯޓަށް އެއްބާރުލުން ދެމުން ދިޔުމާއި ފިލުމުގެ އިހުތިމާލު ކްރިމިނަލް ކޯޓުން ގުޅުވި ގޮތް ސާފު ނުވާ ކަމަށެވެ.
ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި، ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފި ނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެންވެ، ޖިނާއީ ދައުވާ އުފުލާ މީހުންގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަންމަޓީ ޕާސްޕޯޓް ދޫކޮށްލަން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ