ރައީސް އަޒުލު ކުރާ މާއްދާ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް

ގަވާއިދަށް ގެނައި ބަދަލުގައި ވަނީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާ ގޮތަށެވެ. އެހެންކަމުން، އިސްތިއުފާ ދެއްވި ހަތް މެމްބަރުންނާ ނުލައި މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާއަށް އިސްލާހު ގެނައި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އާދީއްތަ ދުވަހު އެވެ.ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ރައީސް އަދި ނައިބު ރައީސް މަގާމުން ވަކިކުރަން ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.ނަމަވެސް، އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު މަޖިލީސް ގޮނޑި ދޫކޮށްލުމާއެކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ރައީސް އަޒުލު ކުރެވޭ ގޮތް ފަސޭހަކޮށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކޮށްފަ އެވެ.
ގަވާއިދަށް ގެނައި ބަދަލުގައި ވަނީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާ ގޮތަށެވެ. އެހެންކަމުން، އިސްތިއުފާ ދެއްވި ހަތް މެމްބަރުންނާ ނުލައި މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.މި ބަދަލާއެކު އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ވޯޓުން އެކަނި ރައީސް މަގާމުން ވަކި ކުރެވޭނެ އެވެ. ރައީސް އަޒުލު ކުރުމަށް މިހާރު ވަނީ ސޮއި ވެސް ހަމަކޮށްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ