އާލިއާގެ އެކައުންޓުން ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަތަލާގެ ޕީއޭ ހައްޔަރުކޮށްފި
ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިންގެތެރޭ ހިމެނޭ އާލިއާ ބަޓްގެ އެކައުންޓްތަކުން ގިނަ އަދަދަކަށް ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަތަލާގެ ޕާސަނަލް އެސިސްޓެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ އާލިއާގެ މަންމަ ސޯނި ރަޒްދާނީ މި އަހަރުގެ ފެބްރުއަރީ މަހުތެރޭ މުމްބާއީގެ ޖުހޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އުމުރުން 32 އަހަރުގެ ވެދިކާ ޕްރަކާޝް ޝެޓީ ވަނީ އާލިއާގެ އަމިއްލަ އެކައުންޓުތަކުންނާއި ބަތަލާގެ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް އެކައުންޓްއިން 76.9 ލައްކައާ ކައިރިކުރާ އަދަދަކަށް ފައިސާ ނަގާފައެވެ. އާލިއާގެ ކުރީގެ އެސިސްޓެންޓް ވެދިކާ ޕްރަކާޝް ޝެޓީ--ފޮޓޯ/އެންޑީޓީވީ މަކަރާއި ހީލަތުގެ މި ޖަރީމާ ވެދިކާ ހިންގާފައި ވަނީ މި މައްސަލަ ރިޕޯޓުކުރިތާ ފަސް ވަރަކަށް މަސް ކުރިން ކަމަށާއި ވެދިކާއަށް ތުހުމަތު ކުރަނީ އާލިއާގެ ސޮއި ފޯޖުކޮށްގެން ބަތަލާގެ އެކައުންޓުތަކުން ފައިސާ ނެގިކަމަށް ކަމުގައި ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ. ވެދިކާ، އާލިއާގެ ޕާސަނަލް އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ 2021 ވަނަ އަހަރުން ފެށިގެން 2024ވަނަ އަހަރާ ހަމައަށެވެ. މި މުއްދަތުގެތެރޭގައި ބަތަލާގެ ފައިސާއާ ބެހޭ ހުރިހާ މުއާމަލާތްތަކާއި ބަތަލާގެ ޝެޑިއުލް ރާވާ ފައިސާ ދޭޏްޖެހޭ ފަރާތްތަކަށް އެ އޮންނަ މުއްދަތެއްގެތެރޭ ފައިސާ ދެއްކުމުގެ ހުރިހާ ޒިންމާއެއް ވެސް ހަވާލުކުރެވިފައި ވަނީ ވެދިކާއާއެވެ. އާލިއާ މަންމަ ސޯނީ ރަޒްދާންއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް މި މުއްދަތުގެތެރޭގައި ވެދިކާ ވަނީ އެކި ދަތުރުތައް ކުރި ކަމުގެ ބިލްތަކާ އެކު އާލިއާގެ ޕްރޮފެޝަންއާ ގުޅޭ ގޮތުން ކުރެވިފައިވާ ޚަރަދުތަކުގެ ފޭކް ބިލްތަކެއް ތައްޔާރުކޮށް ބަތަލާގެ ސޮއި ފޯޖްކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފައިސާ ވެދިކާއާ ގުޅުންހުރި ފަރާތެއްގެ އެކައުންޓަކަށް ޖަމާކޮށް ފަހުން ވެދިކާގެ އަމިއްލަ އެކައުންޓަށް ފޮނުވާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި މައްސަލަ އާލިއާގެ މަންމަގެ ސަމާލުކަމަށް އައިސް ފުލުހުންނަށް ހުށަހެޅުނު ހިސާބުން ވެދިކާ ވަނީ އޭނާ ދިރިއުޅޭ ސަރަހައްދުތައް އެކިފަހަރުމަތިން ބަދަލުކޮށްފައެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ކުރިން ރާޖަސްތާން، ކަރުނަޓާކާ އަދި ޕޫނޭއަށް ވެދިކާ ވަނީ ދަތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ