ހުޅުމާލޭ ގުދަންތަކެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ ހުޅުމާލޭ ގުދަންތަކެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ ގުދަން ބަރީގައި ވަރަށް ބޮޑަށް ރޯވެ އަނދަން ފަށައިފި އެވެ.
އެ ސަރަހައްދުގައި މިހާރު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެކަމަކު މިހާތަނަށް ހުޅުގަނޑު ކޮންޓްރޯލެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންސިސް ފިޝަރީޒްގެ މަސް ޕްލާންޓުގައި ވެސް މިހާރު ވަނީ ހުޅު ހިފައިފަ އެވެ.
ރޯވި ސަރަހައްދު ކައިރީގައި ނުހުރެ ދުރަށް ދިނުމަށް ސިފައިން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އަދި އެ ސަރަހައްދުގެ ފްލެޓުތަކާއި ގެތަކުގައި ދިރިއުޅޭ މީހުން ގޯތިގެދޮރުގެ ދޮރުތަކާއި ކުޑަދޮރުތައް ލެއްޕުމަށް ވެސް އިލްތިމާސް ކުރި އެވެ.
އިތުރު ތަފުސީލު އަންނަނީ ----
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ