އަބްދުއްރަހްމާނުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަަދަން ނިންމައިފި

އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ވަރަށް ރަހުމު ކުޑަ އަނިޔާތަކެއް ދިން ކަން އެނގިގެން ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 01:50 ހާއިރެވެ. މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ފުލުހުން އެ ރަށަށް ގޮސް އަންނަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ. https://sun.mv/208524 އިތުރު މައުލޫމާތު "ސަން"އާ ހިއްސާކުރަމުން ފުލުހުން ބުނީ ތަހުގީގަށް ބޭނުންވަ ތަހުލީލުތައް ހެދުމަށާއި، ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހަދަން، އަބްދުއްރަހްމާނުގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފައިވާ ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ރަހުމްކުޑަ ގޮތަކަށް ހަމަލަ ދީފައިވަނީ އަބްދުއްރަހްމާނުގެ ބޮލަށެވެ. ވަަރަށް ބޮޑަށް ބޯ ޒަޚަމްކޮށްލައިފައިވާކަން ވަނީ އެނގިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ