ކެންސަރ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތް ނިމިފައިވާކަމަށާއި އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފަށާނޭ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ “އަހާ” ފޯރަމްގެ ހަ ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކެންސަރ ބައްޔަށް ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތްތަކައި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މިސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ މަސައްކަތެއް ކަމަށެވެ. އެގޮތު މި މަސައްކަތް ވަށާޖެހޭ ގޮތެއްގައި ދިނުމަށްޓަކައި އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ކެންސަރ ހޮސްޕިޓަލް ޤާއިމު ކުރުން ކަމަށާއި އެމަސައްކަތުގެ އިދާރީ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، ކުރިއަށް އޮތީ އަމަލީ މަސައްކަތް ފެށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ކަރުދާހުގެ ލެވެލްގައި މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެ ނިމިފައި މިހާރު އެއޮތީ، މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. އިރާދަކުރެއްވިއްޔާ އަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ.” ވަޒީރު ވިދާޅުވިއެވެ.
އަދި ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ އެ ބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމަޢު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖުތަމަޢު ދުރުކުރުމަށް، ޖެނެރޭޝަން ބޭނެއް ތަޢާރަފުކޮށް، އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކޮށް، ސިނގިރޭޓުން ނަގައި އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދައިފި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި އޭއީއެޗްގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ