80،000 ރުފިޔާގެ އިނާމާއެކު އުރީދޫ މަސްރޭސް ހުރާ އާއި ފުނަދޫގައި، ރެޖީސްޓްރީވާން ހުޅުވާލައިފި
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2025 މި އަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަން އިއުލާނުކޮށްފި އެވެ.އުރީދޫ އިން ބުނީ ކ. ހުރާ އަދި ށ. ފުނަދޫގައި އަންނަ އޯގަސްޓު މަހު ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ޖުލައި 30، ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.އުރީދޫ މަސް ރޭސް އެންމެ ފުރަތަމަ މިފަހަރު ބާއްވަނީ އޮގަސްޓް 22، ގައި ކ. ހުރާގަ އެވެ. ށ. ފުނަދޫގައި އުރީދޫ މަސް ރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 29، ގަ އެވެ.ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުންގެ ޓީމެއް ހެދުމަށްފަހު އޮންލައިންކޮށް ފޯމު ފުރާލުމުން މުބާރާތުގައި ރަޖިސްޓްރީ ކުރެވޭނެ އެވެ.ކޮންމެ މަސް ރޭހެއްގައި ވެސް މުޅިއަކު 80,000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނޭ ކަމަށް އުރީދޫއިން ބުންޏެވެ. މީގެ ތެރޭގައި:ޗެމްޕިއަން ޓީމް: 25،000 ރުފިޔާދެވަނަ ޓީމް: 10،000 ރުފިޔާތިންވަނަ ޓީމް: 5،000 ރުފިޔާއަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2025 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ.އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.އުރީދޫ މަސް ރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ދައުވަތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ