ނ. މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.
އެ ރަށުގައި މި ހިދުމަތް ފަށާފައި ވަނީ މިރޭ އޮތް ބައްދަލްވުމުގަ އެވެ. މި ބައްދަލްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވެވި ބައްދަލްވުމެކެވެ.
މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ. އެ ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ޕާސްޕޯޓް ވަނީ މަނަދޫގެ ރައްޔިތަކަށް ދޫކޮށްފަ އެވެ. އެ ޕާސްޕޯޓް, އެ ފަރާތާ ހަވާލު ކޮށްދެއްވީ މިނިސްޓަރު އިހްސާން އެވެ.
މި އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފެށުމަކީ ސަރުކާރުގެ އަމާޒެވެ.
މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ