ޢުމްރާއަށް ގޮސް ހުރި އުމުރުން ދުވަސްވީ ދިވެއްސަކު މަރުވެއްޖެ
ޙިޖާޒު ކުންފުނީގެ ފަރާތުން މި ރަމަޟާން މަހު ޢުމްރާއަށް ދިޔަ ދިވެއްސަކު މައްކާގައި މިރޭ މަރުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މަރުވީ ގދ. ނަޑެއްލާއަށް ނިސްބަތްވާ ޢަލީ އިބްރާހީމްދީދީ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޢަލީގެ ޖަނާޒާ މިރޭ ފަތިސް ނަމާދު ފަހުން ޙަރަމްފުޅުގައި އޮންނާނެ ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ. ފާހަގަކުރެވޭ ގޮތުގައި، ޙައްޖާއި ޢުމްރާއަށްދާ ބައެއް މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް މީގެ ކުރިން ހިނގައިފައިވެއެވެ. ޚާއްސަކޮށް ދުވަސްވީ ބައެއް މީހުން މީގެ ކުރިން ވެސް މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ