ދިވެހި އުމްރާ ވެރިޔަކު މައްކާގައި މިރޭ ނިޔާވެއްޖެ

ރަމަޟާން މަހު ޢުމްރާގެ އަޅުކަމަށް މައްކާގައި ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހިޖާޒު ކުންފުނީގެ ހަވާލުގައި އުމްރާ އަށް ގޮސް އުޅެނިކޮށް ނިޔާވީ، ގދ. ނަޑެއްލާ، އަލީ އިބްރާހިމް ދީދީ ކަމަށެވެ.އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައިވަނީ ފަތިސް ނަމާދަށް ފަހު މިރޭ ހަރަމްފުޅުގަ އެވެ. އޭނާ ނިޔާވިއިރު އަތްބަކާއި އަށް ދަރިން އެބަތިއްބެވެ.  އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި އެކި ގްރޫޕްތަކުގެ ހަވާލުގައި 1600 އަށްވުރެ ގިނަ އުމްރާވެރިން މައްކާއަށް އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ