ލޯކަލް ކައުންސިލް އިންތިހާބަށް ކައިރިކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އަށް 150 އަށްވުރެ ގިން މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އާރުޑީސީން މިއަދު އިއުލާންކުރީ ހަ ރަށެއްގެ ސައިޓުތަކުގެ އެކި މަގާމުތަކަށް ބޭނުންވާ ޖުމްލަ 174 މުވައްޒަފުން ހޯދުމަށެވެ.
އެއީ:
ހއ. އުލިގަން - 50 މުވައްޒަފުން
ނ. މިލަދޫ - 32 މުވައްޒަފުން
އއ. ރަސްދޫ - 42 މުވައްޒަފުން
ޅ. ހިންނަވަރު - 1 މުވައްޒަފު
ޅ. ނައިފަރު - 12 މުވައްޒަފުން
ކ. ކާށިދޫ - 24 މުވައްޒަފުން
ތ. މަޑިފުށި - 13 މުވައްޒަފުން
ވަޒީފާއަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި މެނޭޖަރުންނާއި ސުޕަވައިޒަރުންނާއި ސަޕޯޓް ސްޓާފުންނާއި ޑްރައިވަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންގެ އިތުރުން ސެކިއުރިޓީ ގާޑުން ހިމެނެ އެވެ.
އެނގުން މުހިންމު - ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އާރުޑީސީއިން އިއުލާންކުރިއިރު، ކައުންސިލް އިންތިހާބު އޮންނާނީ އަންނަ މަހުގެ 4 ގައެވެ.
މީގެ ކުރިން ވެސް އިންތިހާބުތަކާ ކައިރިކޮށް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުން ވަޒީފާ އާއި ޕްރޮމޯޝަން ދޭ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.
ސަރުކާރުގެ ގެޒެޓު ބަލައިލާއިރު އާރުޑީސީގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުން ވެސް ގިނަ އަދަދަކަށް އަންނަނީ ވަޒީފާތައް އިއުލާން ކުރަމުންނެވެ.
އިންތިހާބާ ކައިރިކޮށް އާރުޑީސީން 174 މުވައްޒަފުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ