ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ މި ސަރުކާރުން ކުރާނޭކަމެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ގެ ފަރާތުން މިއަދު މާލެސިޓީގައި ބޭއްވި ސައިކަލު ބުރު ނިންމާލުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ކައުންސިލްތަކުގެ ނިޒާމުގެ ދަށުން މަސައްކަތްކުރުމަކީ ސަރުކާރުން އެންމެ ބޭނުންވާގޮތް ކަމަށާއި، ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލައިގެން ކަންކަން ކުރުމަކީ އެމަނިކްފާނު ޤަބޫލުކުރާ ހަމައެއް ނޫންކަމަށެވެ.
ކޮންގްރެސް ޕާޓީން މިއަދު ހަވީރު ބޭއްވި ސައިކަލްބުރުގެ ތެރެއިން.. ފޮޓޯ: ޕީއެންސީ
ރައީސް ވިދާޅުވީ އެމަނިކްފާނު އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް އެއްބާރުލުން ދޭނޭ ކައުންސިލެއް އިންތިހާބުކުރަން ކަމަށެވެ. އެގޮތުން ޕީއެންސީގެ ފަރާތުން ކައުންސިލްތަކަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުން ހޮއްވަވައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރަށްރަށުގައި އަދި ސިޓީތަކުގައި ކުރަންހުރި ކަންކަމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވިއްޖެނަމަ އޭގެން ހެވާއި ލާބަ ރައްޔިތުންނަށް އޮންނަ ކަންކަން. އެހެންކަމުން ކައުންސިލްތަކުގައި މިކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުން މުހިންމުވަނީ
ރައީސް ޑރ.މުހައްމަދު މުއިއްޒު
މީގެ އިތުރުން ރައީސް ވަނީ ކޮންގްރެސް ޕާޓީގެ ފަރާތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލައްވާފައި ތިއްބެވި ކެނޑިޑޭޓުންނަށްވެސް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާފައެވެ. ކައުންސިލްތަކަށް ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް އިންތިހާބުކުރެވިއްޖެނަމަ ރައްޔިތުންގެ ލާބައަށް ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން ސްޕީޑްގައި ކުރެވިގެންގޮސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ލިބޭނޭކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކޮންގްރެސް ޕާޓީން މިއަދު ހަވީރު ބޭއްވި ސައިކަލްބުރުގެ ތެރެއިން.. ފޮޓޯ: ޕީއެންސީ
ރައީސް ވިދާޅުވީ މިހާރު ކަންކަން ކުރިއަށްގޮސްފައިވާ ހިސާބުން ކުރިއަށް އޮތްތަނުގައި އެކަންކަން ފުރިހަމަކޮށް ނިންމާލުމަށް ކައުންސިލް ނިޒާމުގެ ތެރެއިން ބޭނުންވާ ސަޕޯޓް ލިބޭނީ އެއްބާރުލުން ދޭނެ ބަޔަކު ތިބެގެންކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ބޭއްވި ސައިކަލްބުރުގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރަށް ނިސްބަތްވާ ކޮންގްރެސްޕާޓީގެ މެމްބަރުންގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ މި ސަރުކާރުން ކުރާނޭކަމެއްނޫން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ