ރަންވީރުގެ ފިލްމު 'ޕްރަލޭ'ގެ ބަތަލާ އަކީ އާލިއާ؟
ބެލުންތެރިންގެ ތެރޭގައި މަގުބޫލު އޮން ސްކްރީން ޖޯޑު ރަންވީރު ސިންގް އާއި އާލިއާ ބަޓް އަނެއްކާ ވެސް އަލުން ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ. ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އިން ބެލުންތެރިންގެ ތަރުހީބު މި ދެ ތަރިންނަށް ލިބުނުއިރު މީގެ ކުރިން އެކީގައި ކުޅުނު ފިލްމު "ގައްލީ ބޯއި"އަށް ވެސް އާއްމުންގެ ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން އަންނަ އަހަރު ރަންވީރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ޒޮމްބީ ފިލްމު "ޕްރަލޭ"ގެ ބަތަލާގެ ރޯލަށް އާލިއާ ގެންނަން މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ. ރިޕޯޓުތައް ބުނާގޮތުން "ޕްރަލޭ"ގައި ބަތަލާގެ ކެރެކްޓާ އަކީ ވަރަށް ވަރުގަދަ ރޯލެއް ކަމުން އެ ކެރެކްޓާއަށް ގެންނަން ބޭނުންވަނީ ވަރަށް ހުނަރުވެރި ފިލްމީ ތަރިއެކެވެ. ރަންވީރު ސިންގް އަދި އާލިއާ ބަޓް ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ޕްރަލޭ"ގެ ބަތަލާގެ ރޯލަށް އާލިއާގެ ނަން ހުށަހަޅާފައިވީ ނަމަވެސް ބަތަލާގެ ފަރާތުން ވަކި ޖަވާބެއް އަދި ލިބިފައިނުވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އާލިއާ އާއި ރަންވީރަކީ ވަރަށް ގާތް ރަހްމަތްތެރިންނަށް ވުމުން ބަތަލާ ފިލްމަށް އެއްބަސްވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ފިލްމު "ޕްރަލޭ" އަކީ ކުޅަދާނަ ޑައިރެކްޓަރު ހަންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. އާލިއާ މިވަގުތު މަސައްކަތް ފަށާފައިވާ ފިލްމުތަކުގެތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" އަދި ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމު "އަލްފާ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ