ފަހު 10 އަށް އެޅިއިރު މިރުހުގެ އަގު ދަށްވެއްޖެ
މި ރޯދަމަހުގެ ފަހު ދިހަޔަކަށް އެޅިއިރު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ވެސް ދަށްވެއްޖެއެވެ. އިއްޔެ ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅުނީ، 380 ރުފިޔާއާއި 330 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް، މިއަދު ބާޒާރުމަތީގައި ކަނޑޫދޫ މިރުހުގެ އަގު އުޅެނީ 230 ރުފިޔާއާއި 280 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ރޯދަމަސް ފެށުނުއިރު ވަރަށް ބޮޑަށް އަގު އުފުލިފައި ހުރި ކަނޑޫދޫ މިރުހުގެ އަގު، މި މަސް ފެށުނުއިރު ވެސް ހުރީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއަށް ފަހު އަގު އުފުލުމަށް ފަހު މިހާރު މިވަނީ އަނެއްކާ ވެސް ދަށްވެފައެވެ. މާރުކޭޓުތަކުގައި މިހާރު ކަނޑޫދޫ މިރުސް 100 ގުރާމު 25 ރުފިޔާއާއި 30 ރުފިޔާއާއި ދެމެދުގެ އަގެއްގައި ލިބެއެވެ. ރޯދަމަސް ފެށުނުއިރު، ކަނޑޫދޫ މިރުހުގެ އަގު ހުރީ އަތްނުފޯރާ ފަށުގައެވެ. އެ ދުވަސްވަރު 100 ގްރާމްގެ އަގު 40 ރުފިޔާއާއި 45 ރުފިޔާއާ ދެމެދު ހުރިއިރު، ކިލޯއެއްގެ އަގު ހުރީ 380 ރުފިޔާއާއި 430 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ބައެއް ގޮޅިތަކުގައި އޭރު ކިލޯއެއް 450 ރުފިޔާއަށް ވެސް ވިއްކާފައިވެއެވެ. ބާޒަރުގައި އެހެން ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ލިބެންހުރި އަގުތަކަށްބަލާއިރު: ފަޅޯ: 50 ކިލޯ ޖުމްހޫރީ މޭވާ: 120 ކިލޯ ދޮންކެޔޮ: 50/60 ކިލޯ ކަރާ: 35 އަލަނާސި ކަރާ: 35 އަލަނާސި: 60 ކިލޯ ލުނބޯ: 70 ކިލޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ