އަރަބި ކަނޑުން އީރާނުގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެމެރިކާއިން ބުނެފި

އަރަބި ކަނޑުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޯޓަކާ ކައިރިވި އީރާނުގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން އެގޮތަށް ހާމަކޮށްފައި ވަނީ އީރާނާއި އެމެރިކާއާއި ދެމެދު ފާއތުވެދިޔަ ދުވަސްތަކުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ޓިމް ހޮކިންސް އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔޫއެސްއެސް އަބްރަހަމް ލިންކަންގެ އެމެރިކާގެ ފަޔާ ޖެޓަކުން ބޯޓުގައި ބަހައްޓާފާއި ހުރި މަތިންދާބޯތުތަކާއި މުވައްޒަފުންގެ ރައްކާތެރި ކަމަށްޓަކައި، އަމިއްލަ ދިފާއުގައި އީރާނުގެ ޑްރޯން ވައްޓާލީ ކަމަށެވެ. ޝަހިދު-139 ޑްރޯން ވައްޓާލީ އީރާނުގެ ދެކުނު އައްސޭރިފަށުން ގާތްގަނޑަކަށް 800 ކިލޯމީޓަރު (500 މޭލު) ދުރުން ދަތުރުކުރަމުން ދިޔަ ލިންކަން އިން އެފް-35ސީ ފަޔާ ޖެޓަކުންް ކަމަށް ސެންޓްރަލް ކޮމާންޑުން ބުނެއެވެ. އެ އިދާރާއިން ބުނިގޮތުގައި ޑްރޯން ފަޔާ ޖެޓާ ވަރަށް ކައިިރިވި ކަމަށާއި ބައިނަލްއަޤްވާމީ ކަނޑުތަކުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ފިޔަވަޅުތައް ނަމަވެސް، ޑްރޯން ދިޔައީ ބޯޓާ ދިމާލަށް އުދުހެމުން ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އީރާނުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ. ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާތަކަށް އެއްބަސްވުމަށްވެސް އީރާނަށް ބާރުއަޅުއްވަމުން ގެންދަވާ ޓްރަމްޕް މިދިޔަ ހަފްތާ ޔޫއެސްއެސް އަބްރަހަމް ލިންކަން އީރާނާ ދިމާއަށް ފޮނުއްވާފައިވާއިރު، އަސްކަރީ ކުރިމަތިލުންތަކެއް ހިނގައިފާނެކަމުގެ ބިރު އޮތީ ބޮޑުވެފައެވެ. ނަމަވެސް ޑިޕްލޮމެޓިކް މަސައްކަތްތަކަކަށްފަހު، އިންސާފުވެރި ހަމަހަމަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އީރާނުގެ ރައީސް މަހުމޫދު ޕެޒެޝްކިއަން އިއްޔެ ވަނީ އިއުލާނުކުރައްވާފައެވެ. "އަޅުގަނޑުގެ ޚާރިޖީ ވަޒީރަށް އަންގާފައިވާނެ އެކަށީގެންވާ މާހައުލެއް އޮތް ހާލަތެއްގައި ކަރާމާތާއި ވިސްނުންތެރިކަމާއި ފައިދާގެ އުސޫލުތަކުން މަގުދައްކައިގެން އިންސާފުވެރި އަދި ހަމަހަމަ މުއާމަލާތްތަކެއް ކުރިއަށް ގެންދިއުމަށް." ސޯޝަލް މީޑިއާގައި ޕެޒެޝްކިއަން ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ