މިލާން (ފެބްރުއަރީ 4) - އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ 3-0 އިން ބަލިކޮށް ލީގުގެ ދެ ވަނައިގައި އޮތް އޭސީ މިލާނުން އެއް ވަނައިގައި އޮތް އިންޓަ މިލާނުގެ ލީޑު ކުޑަކޮށްފި އެވެ.
އިންޓަ އިން މި ހަފްތާގައި ކުޅުނު މެޗުގައި، ހޮނިހިރު ދުވަހުގެރޭ ކްރެމޮނީސޭ އަތުން 2-0 އިން މޮޅުވެ، އެއް ވަނައިގައި ލީޑުފުޅާކުރި އެވެ. އެކަމަކު، ރޭ މިލާނުން ނެރުނު ނަތީޖާއާ އެކު، އިންޓަގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި އިންޓަ އޮތީ 23 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. މިލާނުން ދެ ވަނައިގައި އޮތީ 23 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ތިން ވަނައިގައި އޮތް ނަޕޯލީ އަށް 23 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުވެންޓަސް އަށް ވަނީ 23 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. އަދި، ފަސް ވަނައިގައި އޮތް ރޯމާ އަށް 23 މެޗުން 43 ޕޮއިންޓް ލިބިފައިވެ އެވެ.
ބޮލޯނިއާ ދަނޑުގައި ރޭ ކުޅުނު މެޗުގައި، 20 ވަނަ މިނިޓްގައި މިލާނުން ލީޑުނެގީ ރުބެން ލޮފްޓަސް-ޗީކް ޖެހި ގޯލުންނެވެ. މިއީ، އެޑްރިއަން ރަބިއޯ ދިން ބޯޅައަކުން ޖެހި ގޯލެކެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން މިިލާނުން ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ކްރިސްޓޮފާ އެންކުންކޫ އެވެ. މިއީ، އެންކުންކޫ އަށް ބޮލޯނިއާގެ ގޯލްކީޕަރު، ފެޑެރީކޯ ރަވާލިއާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފު ފެށިގެން ލަސްތަކެއް ނުވެ، މިލާނަށް މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގައިދީ، ޕޮއިންޓްތައް ޔަގީންކޮށްދިން ލަނޑު ޖެހީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަބިއޯ އެވެ. ބޮލޯނިއާ އިން ހެދި ގޯހެއްގެ ފައިދާނަގައި، ރަބިއޯ ވަނީ ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބޮލޯނިއާ ބަލިކޮށް މިލާނުން އިންޓަގެ ލީޑުކުޑަކޮށްފި ބޮލޯނިއާ ބަލިކޮށް މިލާނުން އިންޓަގެ ލީޑުކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ