އެމްއައިބީގެ އާންމު ބްރާންޗުތައް ރޯދަމަހު ހުޅުވާނީ 9:30 އިން 1:30އަށް

މި ރޯދަމަހާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭނެ ގަޑިތައް އެ ބޭންކުން އިއުލާނުކޮށްފި އެވެ.
ތަފްސީލް - މިއަދުން ފެށިގެން އަންނަ މަހު 9އާ ހަމައަށް މާލޭގައި ހުންނަ އެމްއައިބީ ބިޒްނަސް ބްރާންޗުން ހިދުމަތް ދޭނީ:
ބިޒްނަސް ބޭންކިންގެ ހިދުމަތް ދޭނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 2 ޖަހަންދެން 
ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމުގެ ކަޓްއޯފް ޓައިމަކީ ހެނދުނު 9:30 އިން 11އަށް
އެ މުއްދަތުގައި އެމްއައިބީ ބިޒްނަސް ބްރާންޗު ނޫން އެހެން ހުރިހާ ބްރާންޗުތަކުން ބޭންކިންގެ ހިދުމަތް ދޭނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 1:30އާ ހަމައަށެވެ.
ފާހަގަކޮށްލެވޭ - އެމްއައިބީއަކީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ. އެގޮތުން، ބޭންކަށް ނުގޮސް:
އެކައުންޓު ހުޅުވޭނެ 
އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓްރީ ކުރެވޭނެ 
'ފައިސާ މޮބައިލް' އަދި 'ފައިސާ ނެޓް' މެދުވެރިކޮށް ޓީޓީގެ ހިދުމަތަށް އެދެވޭނެ 
'އެޕްލައި ނައު' ޕޯޓަލް މެދުވެރިކޮށް އެ ބޭންކުން ދޭ ހުރިހާ ހިދުމަތަކަށް އެދެވޭނެ 
'އުޖާލާނައު' ޕޯޓަލް މެދުވެރިކޮށް އުޖާލާ ފައިނޭންސަށް އެދެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ