ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ އިންތިހާބާއި، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ވެސް ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާޠިލްކުރަން ހުށަހެޅީ ސަރުކާރު ކޯލިޝަންގެ ފަރާތުން ޕީޕއެމްގެ ޓިކެޓުގައި ވާދަކުރި އަލީ އިބްރާހީމްއެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަދި އެ ދާއިރާގެ މެންބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ މުހައްމަދު އަސްލަމާ ވާދަކޮށް އަލީ އިބްރާހީމަށް ނާކާމިޔާބުވީ ސަތޭކަ އަށާވީސް ވޯޓުގެ ތަފާތުންނެވެ.
މީދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ކޯޓަށް މައްސަލަ ހުށަހެޅީ އެ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރި އިބްރާހީމް ޖިހާދެވެ. މީދޫ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ ވާދަކޮށް ޖިހާދަށް އިންތިހާބުގައި ނާކާމިޔާބުވީ ދުއިސައްތަ ސައުވީސް ވޯޓުގެ ތަފާތުންނެވެ. މީދޫ ދާއިރާއާއި ހިތަދޫ އުތުރު ދާއިރާގެ އިތުރުން ކުރިން ވަނީ ނުވަ ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރުމަށް ކޯޓަށް ހުށަހަޅާފައެވެ. އެގޮތުން ބައެއް ދާއިރާ ތަކުގެ އަޑުއެހުންތައް މިހާރު ނިމި ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވާއިރު، އަނެއްބައި ދާއިރާ ތަކުގެ އަޑުއެހުންތައް އަދި ފަށާފައެއްނުވެއެވެ.
އިންތިހާބީ މައްސަލަތަށް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ބުނެފައިވަނީ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހަޅަން ޖެހޭނެކަމަށެވެ. އަދި ތިރީސް ދުވަހުގެ ތެރޭގައި އިންތިހާބުގެ މައްސަލަތަކާއި މެދު ކޯޓުން ގޮތެއް ނިންމުމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.
މީދޫ ދާއިރާއާއި، ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ