ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ނުކުރެވޭ ނަމަ ދަށު ކޯޓުތަކުން ހުކުމްކޮށް އަމުރުތައް ނެރުމުގެ ބޭނުމެއް ނެތް ކަމަށް ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ބާރީ ފޭސްބުކްގައި އެހެން ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ބައެއް ފަރާތްތައް މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ނެރުނު އަމުރު އަދި ތަންފީޒުކޮށް ސަރުކާރުން އެކި ބަހަނާތަށް ދައްކަމުން އަންނަ ދަނޑިވަޅުގައެވެ.
ބާރީވަނީ ބުރާސްފަތި ދުވަހުގެ ރޭ ސްޕްރީމް ކޯޓުގެ ނެރެފައިވާ އަމުރަށް ތަބާވާން ރާއްޖޭގެ ހުރިހާ ކޯޓުތަކުން ބަޔާން ނެރުމަށް ވެސް ބާރީވަނީ ގޮވާލައްވާފައެވެ.
އެ އަމުރު ތަންފީޒުނުކޮށް ދުވަސްތައް ވޭތުވަމުން އަންނަ އިރު ސަރުކާރުން ބުނަމުންދަނި އެ އަމުރު ތަންފީޒުކޮށްފި ނަމަ މުއައްސާތަކާއި ގާނޫނު އަސާސިގެ ބާޜު ކެނޑިގެން ހިނގައިދާނެ ކަމުގައެވެ.
"ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރެވޭ ނަމަ, ދަށުކޯޓުތަކުން އަމުރު ނެރުމުގެ ބޭނުމެއް ނެތް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ