އުކާލާ ކުނީގެ ބިލަށް ފައިސާ ދައްކާ ބިލު އޮންލައިންކޮށް
ވޭސްޓް މެނޭޖްމެންޓް ސެންޓަރު (ވެމްކޯ) އިން ދެމުންދާ ކުނި އުކާލުމަށް ގޭބިސީތަކުން ދައްކަންޖެހޭ ފީގެ ބިލު ފޮނުވުމަށް އޮންލައިން ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެފި. ވެމްކޯއިން ބުނީ އެސްއެމްއެސް އާއި މެއިލުން ބިލު ފޮނުވަން ހަމަޖެހިފައިވާކަމަސް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި، ނަމަވެސް އެކަން އެގޮތައް ކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ބިލު ފޮނުވުމަށް ހާއްސަ އޮންލައިން ސިސްޓަމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އަދި މި ގާއިމް ކުރާ ސިސްޓަމުގެ އެހީގައި އޮންލައިންކޮށް ބިލު ދެއްކިގެންދާނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.މިހާރު ވެސް ވެމްކޯ ބިލު ދައްކަން ބޭނުންވާ ފަރާތްތަކަށް ވެމްކޯ ހެޑް އޮފީހަށް ގޮސް ބިލު ދެއްކޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. މިދިޔަ މަހުގެ ބިލު ނުދެއްކި ނަމަވެސް ވެމްކޯއިން ދެމުންދާ ކުނި އުކުމުގެ ހިދުމަތް އެއްވެސް ގެއަކުން އަދި ކަނޑާލާފައި ނުވާނެ ކަމަށް ވެމްކޯއިން ބުންޏެވެ. ކުނިއުކާލުމަށް ކޮންމެ ގޭބިސީއަކުން ނަގަނީ 150 ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ