މިޔަންމާގެ މުސްލިމުންނަށް އެހީވުމަށް ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވުމަށް ގޮވާލައިފި

މިޔަންމާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް، ދިވެހި ރެޑްކްރެސެންޓުން ކުރިއަށްގެންދާ ހަރަކާތައް ފައިސާ ހޯދާކަމަށް ބުނެ އޮޅުވާލައިގެން ބަޔަކު ފައިސާ ހޯދަމުންދާތީ، އެކަމަށް އެންމެން ސަމާލުވުމަށް ދިވެހި ރެޑްކްރެސެންޓުން އިލްތިމާސްކޮށްފިއެވެ.ދިވެހި ރެޑްކްރެސެންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމިއްޔާއިން އެއްވެސް ފަރާތަކަށް މެސެޖްކޮށް އަދި ގުޅައިގެން މިޔަންމާގައި ހާލުގައި ޖެހެމުންދާ މީހުންނަށް އެހީވުމަށް ފައިސާ ހޯދަން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން މިގޮތަށް ފައިސާ ފޮނުވުމަށް ގުޅާ ފަރާތްތަކުގެ ބަހަށް ހެއްލި އެކަން އެގޮތަށް ނުކުރުމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ އިލްތިާސްކޮށްފައެވެ. ދިވެހި ރެޑްކްރެސެންޓްގެ ބަޔާނުގައި ވަނީ އެފަދަ ފަރާތްތަކަށް އެއްވެސް ކަހަލަ އަމިއްލަ މުހިންމު މައުލޫމާތުތަކާއި، އަދި ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރާ އެއްވެސް ކަހަލަ މައުލޫމާތުތައް ނުދިނުމަށް ގޮވާލާފައެވެ. އަދި ރޮހިންޔާ މުސްލިމުން އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވާފައިވާކަމަށާއި، ފަންޑަށް ފައިސާ ޖަމާކުރުމަށް އެދޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.އަދި މިފަދަ ފޯން ކޯލްތައް އަންނަނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް އެޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ. ހާލުގައި ޖެހިފައިވާ ރޮހިންޔާގެ މުސްލިމުންނަށް އެހީވުމަށް ގަލޮޅު ރައްޔިތުންނާއި، މޯލްޑިވްސް ޔޫތު ލީޑަރ ނެޓްވޯކާއި، ދިވެހި ރެޑްކްރޮސެންޓް ގުޅިގެން ފަންޑްރައިޒިން ޕްރޮގްރާމެއް މިހާރު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ