އެންމެ ފަހުން ޔުމްނާ މައުމޫނު ޖަލަށް!

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫނާއި ބައްދަލުކުރެއްވުމަށް ދައްތަ ޔުމްނާ މައުމޫނު މިއަދު މާފުށީ ޖަލަށް ވަޑައިގަންނަވައިފިއެވެ.
ޖަލަށް ވަޑައިގެންނެވުމަށްފަހު ޔުމްނާ ވިދާޅުވީ ފާރިޝްގެ ހާލުކޮޅު ރަނގަޅު ކަމުގައެވެ. ނަމަވެސް އިތުރު ފަތްސީލެއް ޔުމްނާ ނުދެއްވައެވެ.
ފާރިޝް މާފުށީ ޖަލުގައި ބަންދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެންނެވެ. ނަމަވެސް ފުލުހުން ތަހުގީގު ކުރަމުންދާ މިމައްސަލާގައި އަދި ދައުވާވެސް ކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ދިދަ ބޭނުން ކުރެއްވިކަމަށް ބުނެ ފާރިޝްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާއެއްވެސް ދަނީ ކުރަމުންނެވެ.
ފާރިޝް ޖަލުގައި ހުންނެވި އިރު އެކަމާއި ކަންބޮޑުވެވަޑައިގެން ފާރިޝްގެ އެއްބަނޑު އެއްބަފާ ބޭފުޅުންގެ ތެރެއިން އެންމެ ފާޅުކޮށް އުޅުއްވަނީވެސް ޔުމްނާއެވެ.
ފާރިޝްގެ އަނެއް ދައްތަ ޔުންޔާ މައުމޫނާއި ކޮށްކޮ ޤައްސާނު މައުމޫނު އަދިވެސް ތިއްބެވީ ސަރުކާރުގެ އިސްމަޤާމު ތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ